ހުޅުމާލޭ ފަޅު ތެރޭ އޮތް ލޯންޗެއް އަޑިއަށް ހިނގައްޖެ އެވެ.
މި ލޯންޗު އަޑިއަށް ދިޔައީ މޫސުން ގޯސްވުމުގެ ސަބަނުން ނެވެ.
މީގެ އިތުރުން ވިލިމާލޭ ކައިރީ އޮތް އާގު ބޯޓެއްގެ ނަގިލި ކަހާލައިގެން ވިލިމާލެއަަށް ލައްގާފައިވާ ކަމަށް ވެސް ވަނީ މަޢުލޫމާތު ލިބި އަދި ފޮޓޯ ވެސް ޢާންމުވެފަ އެވެ.
އެމްޓީސީސީ އިން ދެމުންގެންދާ ފެރީގެ ޚިދުމަތް ވެސް މިހާރުކުރަމުންދާ ވިއްސާރައިގެ ސަބަބުން ވަގުތީގޮތުން މެދުކަނޑާލާފައިވާ އިރު، މޫސުން ގޯސްވުމުގެ ސަބަބުން ވީއައިއޭ އަށް ޖައްސާ ފްލައިޓުތަކަށް ވެސް ކޮންމެވަރެއްގެ ބުރޫއެއް އެރިނަމަވެސް، އެއަރޕޯޓްގެ އޮޕަރޭޝަންތައް ކުރިއަށްދާ ކަމަށް އެމްއޭސީއެލް އިން ވަނީ ބުނެފަ އެވެ.
ރާއްޖޭގެ އެކި ހިސާބުތަކަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން މެޓް އޮފީހުން ވަނީ ބައެއް ސަރަހައްދުތަކަށް ރީނދޫ ސަމާލު ވެސް ނެރެފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް