ޗެމްޕިއަންސް ލީގު: ބަޔާންއިން ފަސޭހަކަމާއި އެކު ބާސާ ބަލިކޮށްފި

މި ފަހަރުގެ ސީޒަނުގެ ޗެމްޕިއަންސް ލީގުގެ ގުރޫޕް ސްޓޭޖުގައި ކުޅުނު ފުރަތަމަ މެޗުން ބާސެލޯނާ އަތުން ފަސޭހަކަމާއެކު ބަޔާން މިއުނިކް މޮޅުވެއްޖެއެވެ. ރޭ ބާސާގެ ދަނޑުގައި ކުޅުނު މި މެޗުން ބަޔާން މޮޅުވީ 3-0 ...

15 Sep 2021 | 03:55

މި ފަހަރުގެ ސީޒަނުގެ ޗެމްޕިއަންސް ލީގުގެ ގުރޫޕް ސްޓޭޖުގައި ކުޅުނު ފުރަތަމަ މެޗުން ބާސެލޯނާ އަތުން ފަސޭހަކަމާއެކު ބަޔާން މިއުނިކް މޮޅުވެއްޖެއެވެ.

ރޭ ބާސާގެ ދަނޑުގައި ކުޅުނު މި މެޗުން ބަޔާން މޮޅުވީ 3-0 ގެ ނަތީޖާއަކުންނެވެ.

ބާސާގެ ދަނޑުގައި ރޭ ކުޅުނު މެޗުގައި ބަޔާނުން މޮޅު ކުޅުމެއް ދެއްކިއޮރު، ބާސާގެ ފަަރާތުން މި މެޗުގައި ފެނިގެން ދިޔައީ ވަރަށް އާދައިގެ ކުޅުމެކެވެ. ނަތީޖާއެއްގެ ގޮތުން ބަޔާނުން ގިނަ ހަމަލާތަކެއް އުފެއްދިއިރު، މެޗުގެ 34 ވަނަ މިނެޓުގައި އެ ޓީމުން ވަނީ ލަނޑު ޖަހާ ލީޑު ނަގާފައެވެ. އޭރިއާ ބޭރުން ފޮނުވާލި ހަމަލާއަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ތޯމަސް މުލާއެވެ. މި ލަނޑާއި އެކު ލީޑުގައޮ އޮވެ ބަޔާންއިން މެޗުގެ ފުރަތަމަ ހާފު ނިންމާލިއިރު، ދެވަނަ ހާފު ފަށައިގެން 11 ވަނަ މިނެޓުގައި ފޯވާޑް ރޮބަޓް ލެވަންޑޯސްކީ ވަނީ ބަޔާންގެ ދެވަނަ ލަނޑު ޖަހައިދީ ލީޑު ފުޅާކޮށްދީފައެވެ. އަދި މެޗުގެ 85 ވަނަ މިނެޓުގައި ލެވަންޑޯސްކީ ވަނީ ބަޔާނުގެ ތިންވަނަ ލަނޑު ކާމިޔާބުކޮށްދީފައެވެ.

ބަޔާންއިން މި މުބާރާތުގައި ދެން ކުޅޭ މެޗުގައި މި މަހުގެ 30 ވަނަ ދުވަހު ނުކުންނާނީ ޔޫކްރޭނުގެ ޑީނަމޯ ކިއެވްއާ ދެކޮޅަށެވެ. އަދި ބާސެލޯނާ ނިކުންނާނީ ބެންފީކާއާއި ދެކޮޅަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް