މޯލްޑިވިއަން އިން ޗައިނާގެ އާ މަންޒިލަކަށް ދަތުރު ފަށައިފި

ގައުމީ އެއާލައިން މޯލްޑިވިއަންއިން ޗައިނާގެ ސިޓީއެއް ކަމަށްވާ ހަންގްޒޯ އަށް ދަތުރުތައް ފަށައިފި އެވެ. ހަންގްޒޯ އިން ފުރައިގެން ރާއްޖެ އައި މޯލްޑިވިއަންގެ ފުރަތަމަ ފްލައިޓު ވެލާނާ އިންޓަނޭޝަނަލް އެއާޕޯ...

15 Sep 2017 | 14:25

ގައުމީ އެއާލައިން މޯލްޑިވިއަންއިން ޗައިނާގެ ސިޓީއެއް ކަމަށްވާ ހަންގްޒޯ އަށް ދަތުރުތައް ފަށައިފި އެވެ.

ހަންގްޒޯ އިން ފުރައިގެން ރާއްޖެ އައި މޯލްޑިވިއަންގެ ފުރަތަމަ ފްލައިޓު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ޖެއްސީ މިއަދު ހެނދުނު އެވެ. މި ފްލައިޓުން 200 އެއްހާ ޗައިނާ ފަތުރުވެރިން ރާއްޖެ އައެވެ.

ހަންގްޒޯއަށް މޯލްޑިވިއަން އިން ކުރާނީ ހަފްތާއަކު އެއް ދަތުރެވެ.

މި ފްލައިޓަށް މަރުހަބާ ކިޔުމަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ބޭއްވި ހަފްލާގައި އައިލެންޑް އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓަރު އަބްދުލް ހާރިސް އާއި އެ ކުންފުނީގެ ވެރިން އަދި ރާއްޖޭގައި ހުންނަ ޗައިނާ އެމްބަސީގެ ވެރިން ބައިވެރިވެ ވަޑައިގެންނެވި އެވެ.

މޯލްޑިވިއަންއިން ދަނީ ކައިރި މުސްތަގުބަލެއްގައި ޗައިނާގެ އިތުރު ތިން ސިޓީ އަކަށް ދަތުރުފެށުމަށް ތައްޔާރުވަމުންނެވެ. މޯލްޑިވިއަން އިން ޗައިނާއަށް ކުރާ ދަތުރުތައް އިތުރު ކުރަމުންދާއިރު އެ ކުންފުނިން ބުނީ ހަންގްޒޯއަށް ފެށި ދަތުރާއި އެކު ރާއްޖެ އަންނަ ޓޫރިސްޓުންގެ އަދަދު އެތައް ގުނައެއް އިތުރުވާނެ ކަމަށެވެ.

ހަންގްޒޯ އާއި އެކު ޗައިނާގެ ހަތް މަންޒިލަކަށް މޯލްޑިވިއަން އިން މިހާރު ދަތުރު ކުރެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް