ހާނިދާ އަށް ބަންގްލަދޭޝް އަށް ދެވުނު، އެހެނަސް އޭނާގެ ތުއްތު ދަރިފުޅު ނިޔާވީ އަތްމަތީގައި !

މިޔަންމާގެ ސަރުކާރުން އެގައުމުގެ މުސްލިމް މައިނޯރިޓީ ކަމުގައިވާ ރޮހިންޖާ ދަރިކޮޅުގެ މުސްލިމުން މަރަމުން އަންނައިރު ފުރާނަ ސަލާމަތް ކުރުމަށް އެތައް ލައްކަ މުސްލިމުންނެއް ކޮންމެ ދުވަކުހެން އެ ގެންދަނީ ބ...

15 Sep 2017 | 07:15

މިޔަންމާގެ ސަރުކާރުން އެގައުމުގެ މުސްލިމް މައިނޯރިޓީ ކަމުގައިވާ ރޮހިންޖާ ދަރިކޮޅުގެ މުސްލިމުން މަރަމުން އަންނައިރު ފުރާނަ ސަލާމަތް ކުރުމަށް އެތައް ލައްކަ މުސްލިމުންނެއް ކޮންމެ ދުވަކުހެން އެ ގެންދަނީ ބަންގްލަދޭޝްއަށް ދަތުރު ކުރަމުންނެވެ. މިއީ ރޮހިންޖާ މުސްލިމުންގެ ތެރެއިން ހާނިދާ ބޭގަމް އަށް ދިމާވި ހިތްދަތި ހާދިސާގެވާހަކަ އެވެ. މި އާޓިކަލްގައި ނިޔާވެފައިވާ ކުޑަކުއްޖާގެ ފޮޓޯ ހިމަނާފައިވާނެ އެވެ. ކިޔުންތެރިންސަމާލުކަމަށް މިކަން ގެންނަމެވެ.

މިއީ ސީއެންއެންގައި ޝާއިއު ކޮށްފައިވާ ލިޔުމެއްގެ ތަރުޖަމާ އެވެ.

އެ ލިޔުމުގައިވާގޮތުން ހާނިދާއަށް އޭނާގެ ދަރި ނިޔާވިކަން އެނގުނީ ބަންގްލަދޭޝް އާއި ވީ ފަޅިއަށް ދޯނި އައި ފަހުންނެވެ. ދޯނި ބަންޑުން ޖަހާލުމުން އެންމެން ކޯރުގެ ތެރެއިން ފަތާފައި ބަންގްލަދޭޝް އަށް އަރަން ޖެހުމުންނެވެ. އުމުރުން އެންމެ އެއް މަހުގެ ތުއްތު ތުއްތު އެ ފިރިހެން ކުއްޖާ ނިޔާވީ އެ ކުއްޖާގެ މަންމަގެ އަތްދަނޑިމަތީގަ އެވެ. ތުއްތު ތުއްތު އެ ކުއްޖާއަށް ހާނިދާ ދީފައިވާ ނަމަކީ އަބްދުލް މަސްއޫދު އެވެ. މަސްއޫދުގެ މާނައަކީ ތަގްދީރެވެ.

ދަރިފުޅަށް ލޯބިން ބޮސްދީ ރޯލުން ނޫން ގޮތެއް ހާނިދާއަށް މިވަގުތު ނެތެވެ. ހާނިދާ އޭނާގެ ދަރިފުޅުގައިގާ ބައްދާލައިގެން ރޮމުންދިޔައިރު ފޮޓޯއިން އެ ފެންނަ އެހެން މުސްލިމުން ދިޔައީ ހަނީދާއަށް ހިތްވަރުދެމުންކަމުގައި ސީއެންއެންގައި ރިޕޯޓް ކޮށްފައި ވެ އެވެ.

ދެވަނަ ފޮޓޯގައި އެ ތުއްތު ތުއްތު މަސްއޫދު އަތްމައްޗަށް ލައިގެން އެހުރީ އޭނާގެ ބައްޕަ އެވެ. ދަރީން ސަލާމަތް ކުރެވޭތޯ އެ ދެމަފިރީންނާއި ހާނިދާގެ އާއިލާއިން މަސައްކަތް ކުރިއެވެ. އާއިލާގެ އެހެން މެމްބަރުންނަށް ސަލާމަތުން ބަންގްލަދޭޝްއަށް ދެވުނެވެ.

މިޔަންމާ ދޫކޮށް ބަންގްލަދޭޝް އަށް ދަތުރުކުރަމުން އަންނަ ރޮހިންޖާ މުސްލިމުންނަށް މިފަދަ އެތައް ހިތްދަތި ހާދިސާތަކެއް އަންނަނީ ކުރިމަތި ވަމުންނެވެ. ދަތުރުކުރަމުން އަންނަ ދޯނިތައް ބަންޑުން ޖަހާލުމުގެ ސަބަބުންވެސް މިހާތަނަށް 100 އަށްވުރެ ގިނަ މުސްލިމުން ނަފް ކޯރުގެ ތެރެއަށް ގެނބި މަރުވެފައި ވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް