މާލެ ދަތުރުކުރަމުންދިޔަ ލޯންޗެއް ފަރަށް އަރައިފި

އދ ދަނގެތިން ފުރައިގެން މާލެ ދަތުރުކުރަމުންދިޔަ ލޯންޗެއް ފަރަށް އަރައިފި އެވެ. އެމްއެންޑީއެފުން ބުނީ ލޯންޗެއް މާދިއްގަރު ފަޅުގެ ފަރަށް އެރުމާއި ގުޅިގެން އެމްއެންޑީއެފް މާލެ އޭރިއާ ކޯސްޓްގާޑް ސްކޮޑްރަނ...

15 Sep 2015 | 13:46

އދ ދަނގެތިން ފުރައިގެން މާލެ ދަތުރުކުރަމުންދިޔަ ލޯންޗެއް ފަރަށް އަރައިފި އެވެ.

އެމްއެންޑީއެފުން ބުނީ ލޯންޗެއް މާދިއްގަރު ފަޅުގެ ފަރަށް އެރުމާއި ގުޅިގެން އެމްއެންޑީއެފް މާލެ އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންއިން އެހީތެރިކަން ފޯރުކޮށްދޭން މިހާރު ފަށާފައި ވާކަމަށެވެ.

"މިއަދު ހަވީރު ގާތްގަނޑަކަށް 05:40 ހާއިރު ހިނގި މިހާދިސާގައި ފަރަށް އަރާފައިވަނީ "ބްލޫ ރަނާ" ނަމަކަށް ކިޔާ ލޯންޗެއް، މި ހާދިސާ ހިނގި ވަގުތު ލޯންޗުގައި ޖުމްލަ 14 މީހުން ތިބިކަމަށް އެމްއެންޑީއެފް ކޯސްޓްގާޑަށް މަޢުލޫމާތު ލިބިފައިވޭ، މީގެ ތެރޭގައި 2 އަންހެނުންވެސް ހިމެނޭ، މި ލޯންޗު ފަރަށް އަރާފައިވާ ހިސާބުގައި އެމްއެންޑީއެފް ކޯސްޓްގާޑް ޝިޕް ޝަހީދު ޢަލީ އަންނަނީ ހަރަކާތްތެރިވަމުން" އެމްއެންޑީއެފުން ބުނެ އެވެ.

އެމްއެންޑީއެފުން އިތުރަށް ބުނީ މިހާދިސާ ހިނގާފައިވަނީ އދ.ދަނގެތިން ފުރައިގެން މާލެ އައުމަށް ދަތުރުކުރަނިކޮށް ލޯންޗުގެ އިންޖީނު ހުއްޓިގެން އޮޔާ ގޮސް ވާގަލީގެ އުތުރުން އޮންނަ މާދިއްގަރު ފަޅުގެ ފަރަށް އެރުމުންކަމަށް ލޯންޗުގެ ކެޕްޓަން އެމްއެންޑީއެފް ކޯސްޓްގާޑަށް މަޢުލޫމާތު ދީފައިވާ ކަމަށެވެ. އަދި މިހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައިވާކަމުގެ މަޢުލޫމާތެއް މިހާތަނަކަށް ލިބިފައެއް ނުވާ ކަމަށްވެސް އެމްއެންޑީއެފުން ބުނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް