މާމިގިއްޔަށް ދަތުރު ކުރަމުންދިޔަ "ސަން" ނަމަކަށްކިޔާ ފެރީ ދިޔަވެ އަޑިޔަށްގޮސްފައިވާތީ އެ ސަރަޙައްދުން ކަނޑުދަތުރު ކުރައްވާ ފަރާތްތަކުން ސަމާލުވުމަށް އެމްއެންޑީއެފުން އިލްތިމާސްކޮށްފި އެވެ.
އެމްއެންޑީއެފުން ބުނީ އަޑިޔަށް ދިޔަ ފެރީން އޮޔާ ދާ ތަކެތީގެ ތެރޭގައި ކައްކާ ގޭސްފުޅި އާއި ކާޑުގެ ބާވަތް އަދި ވިޔަފާރި މުދާ ހިމެނޭ ކަމަށެވެ. އަދި އެމްއެންޑީއެފް ކޯސްޓްގާޑުން ދަނީ ފެރީން އޮޔާދާ ތަކެތި ނެގުމުގެ މަސައްކަރަމުން ކަމަށެވެ.
އަޑިޔަށްގޮސްފައިވާ މިއުޅަނދުން އޮޔާދާ ތަކެއްޗަށް ސަމާލުކަން ދެއްވައިގެން ދަތުރު ކުރެއްވުމަކީ މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ ވަރަށްބޮޑު އެދުމެއް ކަމަށް އެމްއެންޑީއެފުން ބުނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް