އެމެރިކާއަށް އުތުރު ކޮރެއާގެ ވަރުގަދަ އިންޒާރެއް

އެމެރިކާގެ ސަބަބުން ދިމާވެދާނެ ނުރައްކަލަށް ރައްދުގައި ނިއުކްލިއާ ހަތިޔާރުބޭނުންކޮށްގެން ބޭނުން ވަގުތެއަގައި ހަމަލާ ދޭން ތައްޔާރަށް އޮތްކަމަށް އުތުރު ކޮރެއާއިން ބުނެފި އެވެ. އުތުރު ކޮރެއާގެ އެޓޮމިކް އ...

15 Sep 2015 | 09:48

އެމެރިކާގެ ސަބަބުން ދިމާވެދާނެ ނުރައްކަލަށް ރައްދުގައި ނިއުކްލިއާ ހަތިޔާރުބޭނުންކޮށްގެން ބޭނުން ވަގުތެއަގައި ހަމަލާ ދޭން ތައްޔާރަށް އޮތްކަމަށް އުތުރު ކޮރެއާއިން ބުނެފި އެވެ.

އުތުރު ކޮރެއާގެ އެޓޮމިކް އެނާޖީ އިންޓިޓިޔުޓްގެ ޑިރެކްޓަރ އެގައުމުގެ ކޭސީއެންއޭ ނިއުސް އެޖެންސީ އަށް މައުލޫމާތު ދެމުން ބުފެފައިވަނީ އެމެރިކާއާއި އެހެން ގައުމުތަކުން އެގައުމަށް އެއްވެސް ނުރައްކާތެރިކަމެއް މެދުވެރިވެއްޖެނަމަ ނިއުކްލިއާ ހަތިޔާރުބޭނުން ކޮށްގެން ރައްދުދޭން އެގައުމުން ފުރިހަމައަށް ތައްޔާރުވެފައިވާކަމަށެވެ.

މީގެ އިތުރަށް ބުނެފައިވަނީ އެގައުމުން ނިއުކްލިއާ ހަތިޔާރު އުފައްދާ އަދަދު އިތުރުކޮށް އެ ހަތިޔާރުގެ ފެންވަރުވެސް ރަނގަޅު ކުރަމުން އަންނަ ކަމަށާއި އަދި އެގައުމުގެ ޔޯންގްބްޔޯންގައި ހުރި ހުރިހާ ނިއުކްލިއާ ކާރުހާނާތަކުގެ މަސައްކަތް އަލުން ފަށާފައިވާ ކަމަށްވެސް އެގައުމުން ވަނީ ބުނެފައެވެ.

އުތުރު ކޮރެއާއިން އެމެރިކާއަށް އިންޒާރުދީފައިމިވަނީ އެމެރިކާއިން ދެކުނު ކޮރެއާއާއި އެކީގާއި އަސްކަރީ ތަމްރީނުތަކެއްފެށުމާއި ގުޅިގެންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް