މެދުރާއްޖެތެރެ އާއި ދެކުނުގެ އަތޮޅުތަކަށް ވައިޓް އެލާޓް ނެރެފި

މޫސުން ގޯސްވުމާއި ގުޅިގެން މެދުރާއްޖެތެރެ އާއި ދެކުނުގެ އަތޮޅުތަކަށް ވައިޓް އެލާޓް ނެރެފި އެވެ. މޫސުމާއިބެހޭ ގައުމީ އިދާރާއިން އެލާޓް ނެރެފައިވަނީ މިއަދު 12:00 އިން 18:00 އަށެވެ. އެ އޮފީހުން ބުނީ މެދު...

15 Sep 2015 | 09:20

މޫސުން ގޯސްވުމާއި ގުޅިގެން މެދުރާއްޖެތެރެ އާއި ދެކުނުގެ އަތޮޅުތަކަށް ވައިޓް އެލާޓް ނެރެފި އެވެ.

މޫސުމާއިބެހޭ ގައުމީ އިދާރާއިން އެލާޓް ނެރެފައިވަނީ މިއަދު 12:00 އިން 18:00 އަށެވެ. އެ އޮފީހުން ބުނީ މެދުރާއްޖެތެރެ އާއި ދެކުނުގެ އެކި ހިސާބަށް ވިއްސާރަކުރާނެ ކަމަށެވެ. އަދި އުތުރުގެ އަތޮޅުތަކަށް ގުގުރުމާއިއެކު ކެރީގެ އަސަރު ފޯރާނެ ކަމަށާއި ދެކުނުގެ ބައެއް އަތޮޅުތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެން ވާ ކަމަށެވެ.

ހުޅަނގުދެކުނާއި ހުޅަނގުން ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު ހަތް މޭލާ 15 މޭލު ދެމެދުގެ ބާރުމިނުގައި އަދި އެހެންހިސާބުތަކަށް ގަޑިއަކު ހަތް މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ލަފާ ކުރެވޭއިރު ވިލާގަޑުގައި ގަޑިއަކު ގާތްގަޑަކަށް 40 މޭލަށް ވައިގަދަވާނެ ކަމަށް މެޓުން ލަފާކުރެއެވެ.

މެޓް އޮފީހުން އިތުރަށް ބުނީ ދެކުނުގެ ކަނޑުތައް އާދައިގެވަރަކަށް ގަދަވާނެ ކަމަށް ލަފާކުރާއިރު، .މެދު ރާއްޖެތެރެއާއި އުތުރުގެ ކަނޑުތައް ޢާއްމުގޮތެއްގައި ގަދަވާނެ ކަމަށެވެ.

ވައިޓް އެލާޓް ނެރެފައިވާއިރު ވީމާ ކަނޑުދަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މެޓުން އިލްތިމާސް ކުރެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް