ކުވެއިތު މިސްކިތުގައި ބޮން ގޮއްވި ހަތް މީހެއްގެ މައްޗައް މަރުގެ ހުކުމް އިއްވައިފި

ކުވެއިތުގެ އަލް ސައްދީކް މިސްކިތުގައި ބޮންގޮއްވި މައްސަލައިގައު ހިމެނޭ ހަތް މީހެއްގެ މައްޗައް އެގައުމުގެ ކްރިމިނަލް ކޯޓުން މަރުގެ ހުކުމް އިއްވައިފިއެވެ. މިމައްސަލައިގައި ހިމެނޭ އިތުރު އަށް މީހެއްގެ މަ...

15 Sep 2015 | 09:05

ކުވެއިތުގެ އަލް ސައްދީކް މިސްކިތުގައި ބޮންގޮއްވި މައްސަލައިގައު ހިމެނޭ ހަތް މީހެއްގެ މައްޗައް އެގައުމުގެ ކްރިމިނަލް ކޯޓުން މަރުގެ ހުކުމް އިއްވައިފިއެވެ.

މިމައްސަލައިގައި ހިމެނޭ އިތުރު އަށް މީހެއްގެ މައްޗައް ވަނީ ދެ އަހަރާއި 15 އަހަރުދުވަހުގެ މުއްދަތުތަކަށް ޖަލަށް ލުމަށްވެސް ހުކުމް ކޮށްފައެވެ. އަދި އިތުރު 14 މީހެއްގެ މައްޗައް ކުއް ސާބިތު ނުވާ ކަމަށްވެސް ވަނީ ހުކުމް ކޮށްފައެވެ.

ޖޫން 26 ވީ ހުކުރު ދުވަހުގެ ހުކުރު ނަމާދުވަގުތު ކުވެއިތުގެ މިސްކިތުގައި ބޮންގޮއްވި ހާދިސާގައި 26 މީހަކު މަރުވެ 200 އަށްވުރެ ގިނަމީހުން ވަނީ ޒަހަމްވެފައެވެ. ބޮން ގޮއްވާފައިވަނީ ސައުދީގެ ރައްޔިތެކެވެ. މި ހަމަލާގެ ޒިންމާ އައިއެސް އިން އުފުލުމާއި ގުޅިގެން އެޖަމާއަތާއި ދެކޮޅަށް ކުވެއިތުން ވަނީ ވަރުގަދަ އޮޕަރޭޝަނެއް ފަށާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް