އަންހެނެއްގެ ބަނޑުން ހަ ކެރެޓްގެ އަލިމަހެއް ނަގައިފި

ބެންކޮކަށް ގޮސް އުޅުނު ފަތުރުވެރިއެއްގެ ބަނޑުން، ވަގަށް ނަގާފައިވާ ހަ ކެރެޓްގެ އަލިމަހެއް ނަގައިފިއެވެ. އޮޕަރޭޝަން ކޮށްގެން ޑޮކްޓަރުން ނެގި މި އަލިމަހުގެ އަގު 278000 ޑޮލަރަށް އަގު އަރާނެކަމަށް  ލަފާކު...

15 Sep 2015 | 06:07

ބެންކޮކަށް ގޮސް އުޅުނު ފަތުރުވެރިއެއްގެ ބަނޑުން، ވަގަށް ނަގާފައިވާ ހަ ކެރެޓްގެ އަލިމަހެއް ނަގައިފިއެވެ.

އޮޕަރޭޝަން ކޮށްގެން ޑޮކްޓަރުން ނެގި މި އަލިމަހުގެ އަގު 278000 ޑޮލަރަށް އަގު އަރާނެކަމަށް  ލަފާކުރެވިފައިވާ މި ޖަވާހިރު،  އުމުރުން 39 އަހަރުގެ ޖިއާން ޒޫލިއަން ވަގަށް ނަގާފައިވަނީ ބެންކޮކްގައި ކުރިއަށް ގެންދިޔަ ގަހަނާ މައުރަޒަކުންއެވެ. ތައިލެންޑްގެ ޕޮލިސް ކާނަލް މަނަ، މީޑިއާއަށް މައުލޫމާތު ދެމުން ބުނީ މި ޖަވާހިރު އަންހެން މީހާގެ ބަނޑުން އޮޕަރޭޝަން ކޮށްގެން ނެގީ ބަނޑުދިޔާ ކުރާ ބޭސްތަކާއި ކާއެއްޗެހި ދިނުމަށްފަހުވެސް ޖަވާހިރު އަންހެންމީހާގެ ބަނޑުން ބޭރުނުވުމުންކަމަށެވެ.

މިޖަވާހިރު ވަގަށް ނެގުމުގެ ތުހުމަތުގައި ޒޫލިއަންގެ އިތުރުން ޒޫލިއަންއަށް އެހީތެރިވި އިތުރު ފިރިހެނަކު ވެސް ވަނީ ހައްޔަރުކޮށްފައެވެ. މިދެމީހުން މި ޖަވާހިރު ވަގަށް ނަގާފައިވަނީ ޖަވާހިރު ބަލާލަން ބޭނުން ވާކަމަށް ބުނެ ނެގުމަށްފަހު އަސްލު ޖަވާހިރާއި ނަކަލް ޖަވާހިރަކާ ބަދަލުކޮށްލައިގެންނެވެ. މިދެމީހުން ހައްޔަރުކޮށްފައިވަނީ ފުރަން އެއާޕޯޓަށް ގޮސް ތިއްބައެވެ.

2012 ވަނަ އަހަރު 2.3 މިލިއަން ޑޮލަރުގެ އަގުހުރި 220 ޖަވާހިރު ދިރުވާލައިގެން ސައުތު އެފްރިކާއިން ބޭރުކުރަން އުޅުނު 25 އަހަރުގެ މީހަކު ވަނީ އެގައުމުގެ ފުލުހުން ހުއްޓުވާފައެވެ. ދިރުވާލައިގެން އާންމުގޮތެއްގައި އެއްގައުމުން އަނެއްގައުމަށް އެތެރެކޮށް އުޅެނީ މަސްތުވާތަކެއްޗެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް