ފޮނަދޫގައި ފެންބޮޑުވެ ސްކޫލް ކިޔެވުން ބަންދުކޮށްފި

މިހާރު ކުރަމުންދާ ވިއްސާރައިގާ ލ.ފޮނަދޫގައި ފެންބޮޑުވެ ސްކޫލު ކިޔެވުން ބަންދުކޮށްފި އެވެ. ދުވަހަށް މައުލޫމާތު ދެއްވަމުން ފޮނަދޫ ކައުންސިލްގެ ރައީސް އަހުމަދު ރިޔާޒް ވިދާޅުވީ މިއަދު ވާރޭ ވެހެންފެށީ ހެނދ...

15 Sep 2015 | 05:39

މިހާރު ކުރަމުންދާ ވިއްސާރައިގާ ލ.ފޮނަދޫގައި ފެންބޮޑުވެ ސްކޫލު ކިޔެވުން ބަންދުކޮށްފި އެވެ.

ދުވަހަށް މައުލޫމާތު ދެއްވަމުން ފޮނަދޫ ކައުންސިލްގެ ރައީސް އަހުމަދު ރިޔާޒް ވިދާޅުވީ މިއަދު ވާރޭ ވެހެންފެށީ ހެނދުނު 6:30 ހާއިރު ކަމަށާއި އަދިވެސް މެދު ނުކެނޑި ވާރާ ވެހެމުން އަންނަ ކަމަށެވެ. އަދި ކިޔެވުން މެދުކަނޑާލީ އިންޓަވަލް ގަޑިއަށް ފަހު ކަމަށްވެސް ރިޔާޒް ވިދާޅުވި އެވެ.

ފޮނަދޫގައި ހުންނަ ދުވަހުގެ ކަރެސްޕޮންޑެންޓް ހުސެއިން ޝަމީމް ބުނީ މިހާރުވެސް ފޮނަދުއަށް ބޯކޮށް ވާރޭ ވެހެމުން އަންނައިރު ރަށުން ފެން ހިއްކުމުގެ މަސައްކަތް ސިފައިން ފަށާފައި ވާކަމަށެވެ. އަދި ގޭގެއަށް ފެން ވަނަ ނުދިނުމަށްޓަލައި ފޮނަދޫގައި ހުންނަ ޕަބްލިކްވޯކްސް އިން ގެތަކުގެ ދޮރުމަތީގައި ވެލި ބަސްތާ ޖަހައިދިނުމުގެ މަސައްކަތް ފަށާފައި ވާކަމަށްވެސް ޝަމީމް ބުންޏެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް