އާންމު ގިނަ ރައްޔިތުންގެ ހިޔާލު ހުރީ ޕާޓީގެ ހަރަކާތްތައް އާ ހިތްވަރެއްގައި ފަށައި މުޅި ރާޖެއަށް ފުޅާކުރުމުގެ މައްޗަށް ކަމަށް އިދިކޮޅު ސިޔާސީ ޕާޓީ އެމްޑީޕީން ބުނެފި އެވެ.
އެ ޕާޓީން މިހެން ބުނެފައިމިވަނީ ޕާޓީގެ ލީޑާރޝިޕްގެ ފަރާތުން ރޭ އާންމު ރައްޔިތުންގެ ޙިޔާލު ހޯދުމުގެ ބޭނުމުގައި ބައްދަލުވުމެއް ބޭއްވުމަށް ފަހުގަ އެވެ. ރޭގެ މި ބައްދަލުވުމުގައި އާންމު ގިނަ ރައްޔިތުންތަކެއް ޕާޓީގެ ލީޑާރޝިޕްއާއިއެކު މިނިވަން މާހައުލެއްގައި އަމިއްލަ ޝުއޫރު ފާޅުކުރި ކަމަށް އެމްޑީޕީން ބުނެ އެވެ.
"ގިނަ އާންމު މެމްބަރުން ވަނީ ހަރަކާތްތަކުގައި ވޮލުންޓަރީކޮށް މަސައްކަތް ކުރުމަށްވެސް ތައްޔާރަށް ތިބިކަން ފާޅުކޮށްފައި" އެމްޑީޕީން ބުނެ އެވެ.
އެ ޕާޓީން އިތުރަށް ބުނީ ޕާޓީގެ މައިގަނޑު އަސާސް ބިނާވެފައިވަނީ އާންމު ރައްޔިތުންގެ މައްޗަށް ކަމަށާއި އެހެންކަމުން ޕާޓީގެ މުހިންމު ނިންމުންތަކުގައި ޕާޓީގެ އާންމު މެމްބަރުންގެ ޙިޔާލު ހޯދުމަކީ މީގެ ކުރިންވެސް ޕާޓީގެ ފަރާތުން އާންމުގޮތެއްގައި ކުރަމުންއަންނަ މުހިންމު ކަމެއް ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް