އަގްސާ މިސްކިތަށް ދިން ހަމަލާ ކުށްވެރިކޮށް ޖޯޑަން އިން އިޒްރޭލަށް އިންޒާރެއް

އިޒްރޭލު ސިފައިންގެ ގަޔަށް ގާއުކި ކަމަށްބުނެ އަލް އަގްސާ މިސްކިތަށްވަދެ އިޒްރޭލު ސިފައިން ހޯމަ ދުވަހު ދިން ހަމަލާ ކުށްވެރިކޮށް ޖޯޑަން އިން އިޒްރޭލަށް އިންޒާރެއް ދީފި އެވެ. އިޒްރޭލަށް އިންޒާރު ދިނީ ޖޯޑ...

15 Sep 2015 | 04:47

އިޒްރޭލު ސިފައިންގެ ގަޔަށް ގާއުކި ކަމަށްބުނެ އަލް އަގްސާ މިސްކިތަށްވަދެ އިޒްރޭލު ސިފައިން ހޯމަ ދުވަހު ދިން ހަމަލާ ކުށްވެރިކޮށް ޖޯޑަން އިން އިޒްރޭލަށް އިންޒާރެއް ދީފި އެވެ.

އިޒްރޭލަށް އިންޒާރު ދިނީ ޖޯޑަންގެ ރަސްގެފާނު އަބްދުﷲ II އެވެ. މީޑީއާއަށް އަށް މައުލޫމާތު ދެމުން ޖޯޑަންގެ ރަސްގެފާނު ވިދާޅުވީ މިސްކިތަށް އިތުރަށް ހަމަލާ ދީފިނަމަ ދެގައުމުގެ ދެމެދުގައި އޮންނަ ގުޅުމަށް ބުރޫއަރާނެކަން އިޒްރޭލަށް ހަނދުމަކޮށްދޭ ކަމަށެވެ.

"ދެން ހަމަލާ ދީފިނަމަ އިތުރު ގޮތެއް ނެތް، ޖޯޑަން އިން ފިޔަވަޅު އަޅާނެ" ޖޯޑަންގެ ރަސްގެފާނު ވިދާޅު ވި އެވެ. ރަސްގެފާނު މިހެން ވިދާޅުވީ އިނގިރޭސި ވިލާތުގެ ބޮޑުވަޒީރު ޑޭވިޑް ކެމަރަން އާއެކު ބޭއްވި ބައްދަލުވުމެއް ނިންމަވާލެއްވުމަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުންނެވެ.

އާދީއްތަ ދުވަހުގެ އެ ހަމަލާގައި ބައެއް މީޙުން ޒަހަމްވި ނަމަވެސް އެއްވެސް މީހެއްގެ ހާލު ސީރިއަސް ވާފަދަ އަނިޔާއެއް ލިބިފައި ނުވާކަމަށް މީޑީއާ ރިޕޯޓްތައް ބުނެ އެވެ.

އިޒްރޭލު ސިފައިން އަގްސާ މިސްކިތަށްވަދެ އެދުވަހު ދިން ހަމަލާފައި ކަރުނަ ގޭހާއި ސޮނިކް ބޮން ބޭނުން ކުރި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް