ބަލި އެނދުގައި ތިބެވެސް ހައްޖުގެ އަޅުކަން އަދާކުރެވޭނެ އިންތިޒާމް ހަމަޖައްސައިފި

ކެރޭނު ވެއްޓުނު ހާދިސާގައި ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ ހައްޖާޖީން ބަލި އެނދުގައި ތިބެ ހައްޖުގެ އަޅުކަން އަދާކުރުމުގެ އިންތިޒާމް ސައުދީން ހަމަޖައްސައިފި އެވެ. މީޑިއާ ރިޕޯޓްތަކަށް ބަލާއިރު މައްކ...

15 Sep 2015 | 02:08

ކެރޭނު ވެއްޓުނު ހާދިސާގައި ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ ހައްޖާޖީން ބަލި އެނދުގައި ތިބެ ހައްޖުގެ އަޅުކަން އަދާކުރުމުގެ އިންތިޒާމް ސައުދީން ހަމަޖައްސައިފި އެވެ.

މީޑިއާ ރިޕޯޓްތަކަށް ބަލާއިރު މައްކާގެ އަމީރު ހާލިދު އަލް ފައިސަލް ވަނީ އެ އިންތިޒާމް އެގޮތަށް ހަމަޖެއްސުމަށް އަންގާފަ އެވެ. އަދި އެންގުމާއި އެއްގޮތަށް ސިއްހީ އެންމެ ފުރިހަމަ ހިދުމަތްތަކާއެކު އެކަމަށް ހާއްސަ ހަތަރު ވެހިކަލް މިހާރު ވަނީ ތައްޔާރުކޮށްފަ އެވެ.

ސައުދީ ހެލްތު މިނިސްޓްރީން ހާމަކުރާ ގޮތުގައި ހޮސްޕިޓަލުގައި މިހާރު ފަރުވާ ދެމުންދަނީ 22 މީހަކަށެވެ. މިމީހުންނަށް ފަރުވާ ދެމުން އަންނަ އެއްވެސް މީހެއްގެ ހާލު ސީރިއަސް ނޫން ކަމަށްވެސް ހެލްތު މިނިސްޓްރީއާ ހަވާލާދީ ބައެއް މީޑިއާތަކުގައި ރިޕޯޓްކޮށްފައި ވެ އެވެ.

ހުކުރު ދުވަހުގެ ރޭ ހަރަމްފުޅުގެ ތެރެއަށް ކެރޭނު ވެއްޓި ހިނގި ހާދިސާގައި 107 މީހަކު ނިޔާވި އެވެ. ޒަހަމްތަކަށް ފަރުވާ ދިނުމަށް 300 އާ ގާތް ކުރާ އަދަދަކަށް މީހުން ހޮސްޕިޓަލަށް ގެންދިޔަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް