ބަދަލުތަކަކާއެކު އެއާޕޯޓްގައި ހުންނަ ބީއެމްއެލްގެ ބްރާންޗް އަލުން ހުޅުވައިފި

އިބްރާހިމް ނާސިރް އިންޓަނޭޝަނަލް އެއާޕޯޓް (އައިއެންއައިއޭ) ގައި ހުންނަ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ބްރާންޗާއި އެރައިވަލް އަދި ޑިޕާޗާގައި ހުންނަ ކައުންޓަރުތަކަށް ބަދަލުތަކެއް ގެނެސް އަލުން ހު...

15 Sep 2015 | 00:21

އިބްރާހިމް ނާސިރް އިންޓަނޭޝަނަލް އެއާޕޯޓް (އައިއެންއައިއޭ) ގައި ހުންނަ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ބްރާންޗާއި އެރައިވަލް އަދި ޑިޕާޗާގައި ހުންނަ ކައުންޓަރުތަކަށް ބަދަލުތަކެއް ގެނެސް އަލުން ހުޅުވައިފި އެވެ.

އެއާޕޯޓްގައި ރޭ ބޭއްވި ރަސްމިއްޔާތެއްގައި ބޭންކްގެ އެއާޕޯޓް ބްރާންޗް ހުޅުއްވައިދެއްވީ ބޭންކްގެ ސީއީއޯ އަދި އެމްޑީ އެންޑްރޫ ހީލީ އެވެ.

ބަދަލުތަކާއެކު ހުޅުވި ބްރާންޗްގައި 24 ގަޑިއިރު ހިދުމަތް ހޯދޭ ހަތަރު އޭޓީއެމް ހުރެ އެވެ. އަދި ސެލްފް ސާވިސް ބޭންކިންގެ ޔުނިޓަކާއި ފައިސާ ނެގުމާއި ޖަމާކުރުން އަދި ޓްރާންސްފާ ކުރުމާއި ބިލްތަކަށް ފައިސާ ދެއްކުމުގެ ހިދުމަތްވެސް މިހާރު އެ ބްރާންޗުން ލިބެ އެވެ.

އަލަށް ގެނައި ބަދަލުތަކުގެ ތެރޭގައި އެރައިވަލް ޑިޕާޗާގައި ހުންނަ ކައުންޓަރުތައް ތަރައްގީކޮށް 24 ގަޑިއިއު ހިދުމަތް ލިބޭގޮތަށް ބަދަލުކޮށްފައިވާއިރު މީގެ އިތުރުން ޑޮލަރު ނަގައި ޖަމާކުރެވޭ އޭޓީއެމްއެއް މި ބްރާންޗުގައި ބަހައްޓާފައިވާއިރު މިއީ ޑޮލަރު ޖަމާކޮށް ނެގޭ އޭޓީއެމް އެއް ބޭންކުގެ މެއިން ބްރާންޗުން ބޭރުގައި ބެހެއްޓި ފުރަތަމަ ފަހަރެވެ.

ރޭގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ހީލީ ވިދާޅުވީ ބޭންކްގެ އެއާޕޯޓް ބްރާނަޗަށް ގެނައި ބަދަލުތަކާއެކު އެއާޕޯޓުގައި މަސައްކަތްކުރާ މީޙުންނަށާއި ބޭރުގައުމުތަކުން އަންނަ މީހުންނަށާއި ރާއްޖެއިން ބޭރަށް ދަތުރުކުރާ މީހުންނަށް ބީއެމްއެލްގެ ހިދުމަމަތް އިތުރު ފުރިހަމަކަމާ އެކު ލިބޭނެ ކަމަށެވެ.އަދި އެއާޕޯޓު ތަރައްގީކުރުމުގެ ބޮޑު މަޝްރޫއުގައި ބީއެމްއެލްއިން ހާއްސަ ގާތްކަމެއް ބަހައްޓައި، ވެދެވެން އޮތް އެހީތެރިކަމެއް ވެދޭނެ ކަމަށްވެސް ހީލީ ވިދާޅުވި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް