ފައިސްލްގެ ތުހުމަތުތައް މަލީހު ދޮގުކޮށްފި- މަލީހު ތުހުމަތު ކުރަނީ ސަރުކާރުގެ ލާރިން ފައިސަލް އޭރު ވަރަށް އަގުބޮޑު އައިނެއް ހެއްދެވި ކަމަށް!

ޓޫރިޒަމް މިނިސްޓަރ އިބްރާހިމް ފައިސަލް، މަލީހު ޖަމާލްއަށް ކުރި ތުހުމަތުތައް މަލީހު ދޮގުކޮށްފިއެވެ. ވަގުތު ނޫހަށް އިއްޔެ ފައިސަލް ދެއްވި އިންޓަވިއުއެއްގައި ފައިސަލް ވަނީ ފައިސަލް މިއަދު ހުންނެވި މަގާމަ...

15 Aug 2024 | 15:08

ޓޫރިޒަމް މިނިސްޓަރ އިބްރާހިމް ފައިސަލް، މަލީހު ޖަމާލްއަށް ކުރި ތުހުމަތުތައް މަލީހު ދޮގުކޮށްފިއެވެ.

ވަގުތު ނޫހަށް އިއްޔެ ފައިސަލް ދެއްވި އިންޓަވިއުއެއްގައި ފައިސަލް ވަނީ ފައިސަލް މިއަދު ހުންނެވި މަގާމަށް އައުމުގެ ކުރިން ކޮށްފައިވާ ހިތި ތަޖުރިބާ ހިއްސާކޮށްފައެވެ.

މިނިސްޓަރ ފައިިސަލް ވިދާޅުވީ، ނުވަ މަސް ވަންދެން މިނިސްޓަރ އިންނެވި ކެބިން އިން ނެރެ، މަސައްކަތް ކުރާނެ ތަނެއް ނުދީ، ޕްލާސްޓިކް ގޮނޑިއެއްގައިި ބޭންދި ކަމަށެވެ. އަދި މަލީހު އެގޮތަށް އަމަލު ކުރެއްވި ސަބަބެއް މިއަދާ ހަމައަށް ވެސް ސާފު ނުވާ ކަމަށެވެ.

އެހުރިހާ ގޮންޖެހުންތަކަކާއި އެކުވެސް މިއަދު ވެސް މިނިސްޓަރ ހުންނެވީ ގަދަ ހިތްވަރާ އަޒުމެއްގައި ކަން ހާމަވެގެން ދިޔައެވެ. އަދި މިނިސްޓަރ ވަނީ ފާޑު ކިޔުންތައް ވެސް ބަލައިގަނެ އެކަންކަން ރަގަނޅުކޮށް ކުރިއަށް ދިޔުމަށް އަޒުމު ކަނޑައަޅާފައެވެ.

މިނިސްޓަރ ވިދާޅުވީ، ދެރަކޮށްލާ، ނިކަމެތިކޮށްލާ، ކަޑަކޮށްލި ނަމަވެސް އެ މަގާމުން އިސްތިއުފާ ދީފައި ނުދާނެ ކަމަށެވެ. އެކަމާ މެދު އެއްވެސް އެއްޗެއް ހިތަށް ނާރާނެ ކަމަށާއި، އެއަށް ވުރެން މިނިސްޓަރުގެ ހިތްވަރު މާ ގަދަ ވާނެ ކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މީހުން ދިމާކުރިނަމަވެސް ހިތްވަރު ދެރަނުވާނެ ކަން ފާހަގަކުރައްވާ މިނިސްޓަރ ވިދާޅުވީ، ދިމާކޮށްފިއްޔާ އިތުރަށް ވާނީ "މޯޓިވޭޓް" ކަމަށެވެ.

"މިއަދު ދިމާކޮށްފިއްޔާ މާދަމާ އަންނާނީ މާ ވަރުގަދަކޮށް" ފައިސަލް ވިދާޅުވިއެވެ.

މިކަމާ ގުޅިގެން ރައްދު ދެއްވަމުން މަލީހު ވަނީ އެ ތުހުމަތުތައް ދޮގުކޮށްފައެވެ.

"އޭރު ޔޫތު މިނިސްޓްރީ ގައި ޕްލާސްޓިކް ގޮނޑި ނުހުންނާނެ. ފައިސަލް އިންނެވީ ފައިވް ސްޓާ ގޮނޑި އެއްގަ. ރައީސް އޮފީހުން ނޯ ޕޭ ލީވް ހޯދަވައިގެން މެލޭޝިއާ އެމްބަސީ އަށް ވަޑައިގެން ސަރުކާރުގެ ލާރީގަ ވަރަށް އަގުބޮޑު އައިނެއް ހެއްދެވި ޚަބަރު ލިބުނީ. ވަރަށް ވެސް ދެރަ." މަލީހު ވިދާޅުވިއެވެ.

ރައީސް ޔާމީން ސަރުކާރާ ދުރަށް ޖެހިވަޑައިގެންފަހުން، މަލީހު އަންނަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ. އެގޮތުން ސަރުކާރުގެ އިސްވެރިންގެ ޒާތީ ކަންކަމުގެ ވާހަކަތައްވެސް މަލީހު ދަނީ އޭނާގެ އެކްސް ގައި އަދި ޕީއެންއެފްގެ ޖަލްސާ ތަކުގައިވެސް ދައްކަވަމުނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް