ޔަހޫދީ އިސްރާއީލުން ހުއްޓުމެއްނެތި ފަލަސްތީނުގެ ޣައްޒާއަށް ދެމުން އަންނަ ހަމަލާތަކުގައި ޣައްޒާއިން ޝަހީދުވި މީހުންގެ އަދަދު 40 ހާހަށް އަރައިފިއެވެ.
މިދިޔަ އަހަރުގެ އޮކްޓޯބަރު ހަތްވަނަ ދުވަހުން ފެށިގެން ހުއްޓުމެއްނެތި ޣައްޒާއަށް ދެމުން އަންނަ ހަމަލާތަކުގައި ޝަހީދުވި މީހުންގެ އަދަދު މިއަދު 40 ހާހަށް އަރާފައިވާއިރު ހަމަލާތަކުގައި ޒަޚަމްވި މީހުންގެ އަދަދު މިއަދާއި ހަމައަށް ވަނީ 92 ހާހުން މައްޗަށް ގޮސްފައެވެ.
ހަމަލާތަކުގައި ޝަހީދުވާ އަދަދުގެ ބޮޑު ބައެއް ހިއްސާ ކުރަނީ ކުޑަކުދިންނާއި އަންހެނުންނެވެ.
ހަމަލާތަކަށް 10 މަސްވެފައިވާއިރު އަދިވެސް ހަނގުރާމަ ފިނިވާ މަންޒަރެއް ހަމަލާތައް ހުއްޓާލާނެ ކަމުގެ އުންމީދެއް ލިބިފައެއް ނުވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް