ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް (އަދުރޭ) ގެ މަސައްކަތް ކުރިއަށް ދާލެއް ހަލުވި ކަމުން އެމްޑީޕީ މެންބަރު، ވަކަރަދޫ ދާއިރާގެ މެންބަރު ހުސެއިން ޒިޔާދުު ތައުރީފުކުރައްވައިފިއެވެ.
މިއަދުަ މަޖިލީހުގައި ފަތުރުވެރިކަމާއި ބެހޭ ގާނޫނަށް ހުށަހެޅިފައިވާ އިސްލާހަށް ބަހުސް ކުރައްވަމުން ޒިޔާދު ވިދާޅުވީ، އެ ބިލަކީ ފައިދާ ހުރި ބިލެއް ކަމެއް ނުވަތަ ނޫންކަމަށް ކަނޑައެޅޭމިންވަރރަށް ބިލާބެހޭގޮތުން މައުލޫމާތު ހޯދިފައި ނުވާ ކަމަށެވެ. އަދި އެއީ މަޖިލީހުގެ ރައީސްގެ މަސައްކަތް ކުރިއަށް ގެންދަވާ ސްޕީޑާ އަރާ ހަމަ ނުކުރެވޭތީ ކަމަށް ޒިޔާދު ފާހަގަ ކުރެއްވިއެވެ.
އެގޮތުން ޒިޔާދު ވިދާޅުވީ، ހަތަރު ކޮމިޓީއެއްގައި އޭނާވެސް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ. އަދި ކޮމިޓީ ތަކުގެ މަސައްކަތް ކުރިއަށް ގެންދަވަމުން މަޖިލީހުގެ ޖަލްސާތަކުގައު ބައިވެރިވަމުން ދާއިރު، މަޖިލީހުގެ ރައީށް ގެންދަވާ ސްޕީޑާ އެއްވަރަށް އޭނާއަށް އަރާ ހަމަ ކުރުމަށް ދަތި ކަމަށެވެ. އަދި އިއްޔެ އާއި އޭގެ ކުރިން ދުވަހުގައި ވެސް މަޖިލީހުގައި މުހިންމު ދެ ބިލެއްގެ މަސައްކަތް ކުރިއަށް ދިޔަ ނަމަވެސް ބަހުސް ކުރެއްވުމުގެ ފުރުސަތު ލިބި ނުލައްވާ ކަމަށާ، އެގޮތަށް އެކަން ދިމާވީ ތައްޔާރު ނުވެވޭތީ ނޫން ކަމަށާއި، ކޮމެޓީގެ މަސައްކަތްތަކުން ވަގުތު ނުދެވުމުން ކަމަށް ޒިޔާދު ވަނީ ފާހަގަ ކުރައްވާފަައެވެ.
"ސްޕީޑް އިއްޒަތްތެރި ރައީިސްގެ މާ ބާރު ވެގެން މިއުޅެނީ، އެ ސްޕީޑްގަ ސަރުކާރު ނުހިނގައިގެން މައްސަލަތަކާ މި ދިމާވަނީ، ނުވަ މަސް ވީ އިރާ ރައީސް ރިޔާސަތުގައި ތިން މަސް ދުވަހުގައި އިންނަވަިއގެން ކުރެއްވެވި މަސައްކަތާ ނުބައްދަލު ރައީސް. ވަރަށް ބާރު ސްޕީޑެއްގައި ތި ގެންދަވަނީ އަޅުގަނޑު އުންމީދު މިކުރައްވަނީ ރަގަނޅު ނަތީޖާއެއް ނެރޭނެ ކަމަށް." ޒިޔާދު ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް