އިންޑިއާގެ 78ވަނަ މިނިވަންދުވަހުގެ ތަހްނިޔާ ރައީސް މުއިއްޒު ފޮނުއްވައިފި

އަވަށްޓެރި އިންޑިއާގެ 78ވަނަ މިނިވަން ދުވަހުގެ ތަހުނިޔާ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެ ގައުމުގެ ވެރިންނަށާއި ރައްޔިތުންނަށް ފޮނުއްވައިފިއެވެ. އެކްސް މެދުވެރިކުރައްވައި ރައީސް...

15 Aug 2024 | 05:07

އަވަށްޓެރި އިންޑިއާގެ 78ވަނަ މިނިވަން ދުވަހުގެ ތަހުނިޔާ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެ ގައުމުގެ ވެރިންނަށާއި ރައްޔިތުންނަށް ފޮނުއްވައިފިއެވެ.

އެކްސް މެދުވެރިކުރައްވައި ރައީސް ފޮނުއްވި ތަހުނިޔާގެ މެސެޖުގައި ވިދާޅުވެފައިވަނީ އިންޑިއާގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސް ރަޝްތުރަޕަތީ ބަވަން އާއި ބޮޑުވަޒީރު ނަރެންދުރަ މޯދީ ޓެގް ކުރައްވައި އެ ދެބޭފުޅުންނާއި އެ ގައުމުގެ ރައްޔިތުންނާއި މުހާތަބުކުރައްވައި ވިދާޅުވެފައިވަނީ ދެ ގައުމުގެ ދެމެދުގައިވާ ޒަމާންވީ ބަދަހި ގުޅުމުގެ ނަތީޖާއެއްގެ ގޮތުން ރާއްޖެ އަދި ސަރަހައްދަށް ބޮޑެތި ކުރިއެރުންތަކެއް ލިބިފައިވާކަމަށެވެ.

ރައީސް އިތުރަށް ވިދާޅުވެފައިވަނީ މުސްތަގްބަލަށް ބަލާއިރު ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިވެ ގުޅިގެން ލަނޑުދަނޑިތައް ހާސިލުކުރެވިގެންދާނެ ކަމުގައި ޔަޤީން ކުރައްވާކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް