މިއުޒިކާއި އާޓްސް ސްކޫލުތަކުގައި ތައުލީމީ ނިޒާމާ ގުޅުވާލުމަށް ހިމަނައި، ޑިމޮކްރެޓްސްގެ މެނިފެސްޓޯ އިފްތިތާހު ކޮށްފިއެވެ.
މިރޭ ސަލްޓަން ޕާކުކައި ވަނީ ޑިމޮކްރެޓްސްގެ މެނިފެސްޓީ އިފްތިތާހު ކުރުމަށް ހާއްސަ ޖަލްސާއެއް ބާއްވާފައެވެ.
އެ ޖަލްސާގައި ހުށަހަޅާއިދިން ގޮތުގައި، 'ފަރުދީ ތަނަވަސްކަން، އަބުރުވެރި ހަޔާތެއް'ގެ ނަން ދީފައިވާ ޑިމޮކްރެޓްސްގެ މެނިފެސްޓޯ ފަސް ބަޔަކަށް ބެހިގެން ވެއެވެ. އެއީ:-
- އާރޯ ވިޔަފާރި، އިގްތިސޯދު އަދި މާލީ އިސްލާހު
- ލާމަރުކަޒީ ބަދަލާއި ދައުލަތް ހިންގުން
- ބޯހިޔާވަހިކަމުގެ ކަށަވަރުކަން، މަސްތުވާތަކެތީގެ ފަރުވާ، ތައުލީމާއި ސިއްހަތުގެ ބަދަލު
- މުނިފޫހި ފިލުވުން، ފަންނުވެރިކަން، ސަގާފަތް އަދި ކުޅިވަރު
- އަދުލުގެ ނިޒާމް އަދި ގައުމީ ސަލާމަތާއ ހާރިޖީ ސިޔާސަތު
އޭގެ ތެރެއިން ހަތަރުވަނަ ސިޔާސަތާ ބެހޭގޮތުން ޑިމޮކްރެޓްސްއިން ބުނީ، އާޓްސްއާއި މިއުޒިކާއި ކަލްޗާގެ ދާއިރާތަކުން ކިޔެވުމާއި ހުނަރު ކުރިއެރުވުމަށް ސްކޫލުތަކުގައި ތައުލީމީ ނިޒާމާ ގުޅުވާލައިގެން މިހާރު މަސައްކަތްކުރުމުން ނުގެންދާ ކަަމަށެވެ.
އޭގެ އިތުރުން، މިއުޒިކް އަދި އާޓްސްގެ ދާއިރާއިން ޝައުގުވެރިވާ އަދި ހުނަރުހުރި ފަރާތްތަކަށް ބައިވެރިވެވޭވެނެ އަދި ކުރިއަށް ދެވޭނެ ފުރުސަތުތަކާއި ވަސީލަތްތައް އިންތިޒާމުކޮށް ރަށު އަދި ގައުމީ ފެންވަރުގައި މިހާރު ނުހިންގާ ކަމަށެވެ.
މިއުޒިކް އަދި އާޓްސް ކުރިއަރުވާނެ އަދި އެދާއިރާއާ ގުޅުންހުރި މުނިފޫހި ފިލުވާނެ މަރުކަޒުތައް މީހުން ދިރިއުޅޭ ރަށްރަށުގައި ގާއިމު ކުރެވިފައި ނެތުމާއި އެރޮނގުން ކުރިއަށް ދެވޭނެ ވަސީލަތްތައް ލިބެން ނެތުމަކީވެސް މިހާރު އެ ދާއިރާއަށް ކުރިމަތިވެފައިވާ ގޮންޖެހުމެއް ކަމަށް އެ ސިޔާސަތުގައި ފާހަގަ ކުރިއެވެ.
އެހެންކަމުން، އެ ދާއިރާއިން ރައްޔިތުންނަށް ކުރިއެރުން ހޯދައިދިނުމަށް ޑިމޮކްރެޓްސްއިން ވަނީ ސިޔާސަތުތަކެއް ކަނޑައަޅާފައެވެ.
އެގޮތުން، ފަންނުވެރިކަމާއި މުނިފޫހި ފިލުވުން އަދި ސަގާފަތް ކުރިއަރުވާ ދިރުވުމަށް ބޭނުންވާނެ ވިސްނުމާއި ތައުލީމީ ބައިތައް ސްކޫލު ކަރިކިއުލަމްގައި ހިމަނައި، އެކަށީގެންވާ ފެންވަރެއްގައި ހިންގައި، އަތޮޅުފެންވަރުގައްޔާއި ގައުމީ ފެންވަރުގައި އެ ރޮނގުން ވާދަކޮށް، ވަނަތައް ހޯދުމުގެ ތެރެއިން އެ ދާއިރާއިން ހޭލުންތެރިކަން އިތުރު ކުރުމަށް ޑިމޮކްރެޓްސްގެ މެނިފެސްޓޯގައި ވަނީ ހިމަނާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް