ކުޅުދުއްފުށި ސިޓީ އަލުން އަނބުރާ އެމްޑީޕީއަށް !

ރައްޔިތުންގެ މަޖިލީހުގައި ކުޅުދުއްފުށީ އުތުރު ދާއިރާ ތަމްސީލުކުރައްވާ މެންބަރާއި ކުޅުދުއްފުށީ ސިޓީގެ މޭޔަރާއި އަދި ސިޓީ ކައުންސިލްގެ ބައެއް މެންބަރުން އަލުން އަނބުރާ އެމްޑީޕީއާއި ގުޅިވަޑައިގެންފިއެވެ....

15 Aug 2023 | 18:11

ރައްޔިތުންގެ މަޖިލީހުގައި ކުޅުދުއްފުށީ އުތުރު ދާއިރާ ތަމްސީލުކުރައްވާ މެންބަރާއި ކުޅުދުއްފުށީ ސިޓީގެ މޭޔަރާއި އަދި ސިޓީ ކައުންސިލްގެ ބައެއް މެންބަރުން އަލުން އަނބުރާ އެމްޑީޕީއާއި ގުޅިވަޑައިގެންފިއެވެ.

އެ ފަރާތްތައް އަލުން އަނބުރާ އެމްޑީޕީއާއި ގުޅިވަޑައިގެންނެވީ މިރޭ ސޯލްޓް ރެސްޓޯރެންޓްގައި އޮތް ރަސްމިއްޔާތެއްގައެވެ.

އެމްޑީޕީން ބުނެފައިވާގޮތުގައި ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު ޔާސިރާއި މޭޔަރު އާތިފާއި ޑެޕިއުޓީ މޭޔަރު އަލީ އަހްމަދުގެ އިތުރުން ތިން ކައުންސިލަރުންނާއި ކުޅުދުއްފުށީ ސިޓީ ދެކުނު ދާއިރާގެ ކުރީގެ ރައީސް އަކްރަމް ވަނީ މިރޭ އެ ޕާޓީއާއި ގުޅިވަޑައިގެންފައެވެ.

މެންބަރު ޔާސިރާއި މޭޔަރު އާތިފްގެ އިތުރުން އެ ސިޓީ ކައުންސިލަރުން، ދަ ޑިމޮކްރެޓްސް އުފެއްދުމާއެކު އެމްޑީޕީ ދޫކޮށް ކުރިން ދަ ޑިމޮކްރެޓްސްއާއި ގުޅިވަޑައިގެންނެވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް