ރައްޔިތުންނާއެކު ފިލްމުކުޅެ ، ބޯޅަކުޅެ ދުވަން ދާނަން: އިލްޔާސް

ރައްޔިތުންނާއެކު ފިލްމުކުޅެ ، ބޯޅަކުޅެ ދުވަން ދާނެ ކަމަށާއި، ކޮންމެ ކަމެއްގައިވެސް ރައްޔިތުންނާއެކު އެންމެ ކުރީގައި ހުންނާނެ ކަމަށް ޑިމޮކްރެޓްސްގެ ރިޔާސީ ކެނޑިޑޭޓް އިލްޔާސް ލަބީބު ވިދާޅުވެއްޖެއެވެ. އި...

15 Aug 2023 | 17:29

ރައްޔިތުންނާއެކު ފިލްމުކުޅެ ، ބޯޅަކުޅެ ދުވަން ދާނެ ކަމަށާއި، ކޮންމެ ކަމެއްގައިވެސް ރައްޔިތުންނާއެކު އެންމެ ކުރީގައި ހުންނާނެ ކަމަށް ޑިމޮކްރެޓްސްގެ ރިޔާސީ ކެނޑިޑޭޓް އިލްޔާސް ލަބީބު ވިދާޅުވެއްޖެއެވެ.

އިލްޔާސް މިހެން ވިދާޅުވީ، ޑިމޮކްރެޓްސްގެ ރިޔާސީ މެނިފެސްޓޯ އިފްތިތާހު ކުރުމަށްޓަކައި މިރޭ ކުރިއަށްދާ ޖަލްސާގައެވެ.

އިލްޔާސް ވިދާޅުވީ، ގޯތި ދިނުމާއި އެ ގޯތީގައި ފްލެޓް އެޅުމާއި އަދި ފްލެޓް އެޅޭނެ ގޮތްތައް ހޯދައިދެވޭނީވެސް ޑިމޮކްރެޓްސްގެ ސަރުކާރެއްގައި ކަމަށެވެ. ސަބަބަކީ އެމަނިކުފާނަކީ 'ފްލެޓް ދޮންބެ' ގެ ދަރިވަރަކަށް ވާތީ ކަމަށް އިލްޔާސް ވިދާޅުވިއެވެ.

އެކި ދާއިރާތަކުގެ ވައުދުތަކާ ބެހޭގޮތުން ވާހަކަ ދައްކަވަމުން އިލްޔާސް ވިދާޅުވީ، މަހުގެ އަގު 25 ރުފިޔާއަށް ހަދާނެ ކަމަށާއި، އެ އަގަށްވުރެ ކުޑަ އަގެއް ކަނޑައެޅުން މަނާވާނެ ކަމަަށެވެ.

ރައްޔިތުން ބޭނުންވާ ކުރިއެރުން ގެނައުމަށް ޑިމޮކްރެޓްސް ތައްޔާރު ވަމުންދާ ކަމަށާއި، އެކަން އެ ޕާޓީން ކޮށްދޭނެ ކަމަށް އިލްޔާސް ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް