ރިޔާސީ ކެމްޕޭނަށް އެކަނި ރައްޔިތުންނާއި ބައްދަލުކޮށް ހަދައި ފިލާ ބަޔަކަށް ނުވާނެކަމަށާއި ވެރިކަން ހަވާލުކުރުމަށް ފަހުވެސް ރައްޔިތުންގެ ގާތަށްގޮސް ހާލުބަލާ ބަޔަކަށްވާނެ ކަމުގައި ޕީއެންސީގެ ކެނޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މިގޮތަށް ޑރ.މުއިއްޒު ވިދާޅުވީ މިހާރު ކެމްޕޭނަށް ހއ ކެލާއަށް ކުރެއްވި ދަތުރުފުޅުގައިއެވެ.
މުއިއްޒު ވިދާޅުވީ އޭނާ ގަބޫލުކުރާ ގޮތިގައި، ރައްޔިތުންގެ ކަންތައްތައް އިގޭނީ ރައްޔިތުންގެ ކައިރިއަށްގޮސް އަޑުއަހައިގެންކަމެވެ. އެގޮތުން ރައްޔިތުން ކަންތައްތަކާއި ކަންބޮޑުވެގެން އެ ރައްޔިތުން ފާޅުކުރައްވަން ބޭނުންވާ ހިޔާލެއް ނުކުރެވިގެން އުޅޭކަށް ނުޖެހޭނެކަމަށް އޭނާ ވިދާޅުވިއެވެ.
ކެލާގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މުއިއްޒު ވިދާޅުވީ އެ ރަށުގެ ރައްޔިތުންނަށް އެންމެ މުހިންމު ކަންކަމުގެ ތެރޭގައި ހިމެނޭ ކަންކަމަކީ ގެދޮރުވެރިކަމާއި ވަޒީފާގެ ފަހިފުރުސަތުކަމެވެ. އަދި އެރަށުގެ އިގްތިސާދީ ގޮތުން ކުރިޔަށްގެންދާނެ ކަންތަށްތަކެއް ނެތީމަ، އެ ރަށުގެ ގިނަ ޒުވާނުން ރަށުން ބޭރުގައި ވަޒީފާ އަދާކުރާކަމަށް އޭނާ ވަނީ ފާހަގަކުރައްވާފައެވެ. އެގޮތުން މިކަމަށް ހައްލެ އޭނަގެ ވެރިކަމުގައި ގެނެސްދޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ހަމައެފަދައިން އެ ރަށުގެ ތަރައްޤީއަށް ވިސްނައި، ޑރ.މުއިއްޒު ވަނީ ޓޫރިޒަމްގެ ދާއިރާއިން އެ ރަށަށް ކުރިއެރުން ގެނައުމަށް ފަޅުތެރޭގައި ޓޫރިޒަމް އަށް ފުރުސަތު ހުޅުވާލައި ރަށުގެ ބިމުގައިވެސް ޓޫރިޒަމްގެ އެކި ގޮތްގޮތުން ކުރިޔަށްދާނެ މަގުތަށް ފަހިކޮށްދެއްވާނެ ކަމަށް ވިދާޅުވެފައެވެ.
"ޓޫރިޒަމް ދާއިރާއަށް ވަންނަން ބޭނުންވާ ޒުވާނުންނާއި އެކި ފަރާތްތަކަށް ފަހި ވާނެ ލުއި ލޯނު ލިބޭނެ ފުރުސަތުތަށް އިރާދަ ކުރެއްވިއްޔާ ނިޒާމްގެ ތެރެއިން އަޅުގަނޑުމެން ފަހިކޮށްދޭނަން" އެ ޖަލްސާގައި ވާހަކަ ދައްކަމުން މުއިޒް ވިދާޅުވިއެވެ. އަދި މިއީ ހުރިހާ ރަށަކަށް ޖުމްލަ ގޮތެއްގައި ދައްނަވާ ވާހަކައެއް ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރަށް، ކެލާ އަކީ ދަނޑުވެރިކަން އޮންނަ ރަށެއްކަމަށާއި، އެރަށުގެ ދަނޑުވެރިކަން ސަރަހައްދުގައި ކަރަންޓުދެވިފައި ނުވާކަމަށް އޭނާ ވަނީ ފާހަގަކުރައްވާފައެވެ. އެގޮތުން އޭނާ ވިދާޅުވީ ދަނޑުވެރިކަން އެރަށުގައި އާލާކޮށް، އިތުރަށް ތަރައްގީ ކުރުމަށްޓަކައި، ކަރަންޓުގެ ވަސީލަތް ފޯރުކޮށްދީ، އަދި ދަނޑުވެރިން ބޭނުންވާ އެހެނިހެން ކުރަންޖެހޭ ކަންތައްތަށް ހާސިލްކޮށްދޭނެ ކަމަށެވެ.
ހަމައެކަނި ތަރައްގީގެ މަޝްރޫއެއް ހިންގުމަކުން ތަރައްގީއެއް ނުއެއްވާނެ ކަމަށް ވިދާޅުވެ، އެ މަޝްރޫއުތަށްވެސް ހިންގަންވާނީ ހާސިލްވާ ގޮތަށް ކަމަށް މުއިއްޒު ވިދާޅުވިއެވެ. މީގެ އިތުރަށް، މުއިއްޒު ވިދާޅުވީ އޭނާ ވެރިކަން ކުރަން އަންނާނީ ވަކި ޕާޓީގެ ބަޔަކަށް ނޫންކަމަށާއި ކޮންމެ ޕާޓިއެއްގެ ރައްޔިތެއްނަމަވެސް އޭނާގެ ވެރިކަމުގައި ތަފާތެއް ނުކުރާނެ ކަމަށެވެ.
ހަމައެފަދައިން، މުއިއްޒު ވަނީ ރައީސް ޔާމީން މިނިވަން ކުރުމަށްޓަކައި އެކުރާ މަސައްކަތް ކާމިޔާބު ވާނެކަމަށް އުންމީދުކުރާކަމަށާއި، ޤާނޫނީ ހަމަތަކުގެ މަތިން އެމަނިކުފާނު މިނިވަންކުރުމަކީ އޭނާ އުފަލާ އެކީ އަދާ ކުރާނެ ޒިންމާއެއް ކަމަށް ވިދާޅުވެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް