ހއ. ކެލާގައި ޑރ. މުހައްމަދު މުއިއްޒާއި ދެކޮޅަށް އަޑު އުފުލި އެމްޑީޕީގެ ސަޕޯޓަރުންނާއި އޭނާ ސަލާމް ކުރައްވައިފިއެވެ.
އެ މަންޒަރު ފެންނަ ވީޑިއޯ ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނައިރު ކެލާގެ މަގަކުން މުއިއްޒުއާއި މުއިއްޒުގެ ސަޕޯޓަރުން ދަނިކޮށް އެމްޑީޕީގެ ދިދަ ހިފައިގެން ތިބި އެމްޑީޕީގެ ސަޕޯޓަރުންތަކެއް އަޑުގަދަކުރަމުން ގެންދިޔައެވެ.
އެވަގުތު ޑރ. މުއިއްޒު ވަނީ އަޑުގަދަކުރި މީހުންގެ ކައިރިއަށް ގޮސް އަޑުގަދަކުރި ފަރާތްތަކާއި ވަކިވަކިން ސަލާމް ކުރައްވާފައެވެ.
މުއިއްޒު އެ ފަރާތްތަކާއި ސަލާމް ކުރެއްވި ވަގުތު މުއިއްޒުގެ ސަޕޯޓަރުން އުފަލުން މުއިއްޒަށް ތާއީދުކޮށް އިތުރަށް އަޑުގަދަކުރާ މަންޒަރުވެސް އެ ވީޑިއޯއިން ފެނެއެވެ.
މުއިއްޒު ހއ.ކެލައަށް މިއަދު ވަޑައިގެންނެވީ ކެމްޕޭނުގައި މިހާރު ހއ އަދި ހދ ގެ އަތޮޅުތަކަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް