ޖީ20ގައި ދުނިޔޭގެ ދެކުނުގެ ޤައުމުތައް ތަމްސީލުވެގެންދާ ދަނޑިވަޅު

ތަރައްޤީވަމުން އަންނަ ޤައުމުތަކުން ކުރިއަށް އޮތް ތިން އަހަރަށް ޖީ-20ގެ ރިޔާސަތު ބަލަހައްޓަން ތައްޔާރުވަމުން އަންނައިރު،  ދުނިޔޭގެ ދެކުނުގެ މަސްލަހަތުތަކަށް އިސްކަންދޭ ގޮތަށް ޖީ-20 އެޖެންޑާ އަލުން އެކު...

15 Aug 2023 | 05:35

ތަރައްޤީވަމުން އަންނަ ޤައުމުތަކުން ކުރިއަށް އޮތް ތިން އަހަރަށް ޖީ-20ގެ ރިޔާސަތު ބަލަހައްޓަން ތައްޔާރުވަމުން އަންނައިރު،  ދުނިޔޭގެ ދެކުނުގެ މަސްލަހަތުތަކަށް އިސްކަންދޭ ގޮތަށް ޖީ-20 އެޖެންޑާ އަލުން އެކުލަވާލައި ރީ ފޯކަސް ކުރުމުގެ ފުރުސަތު އިންޑިއާއަށް  އެބައޮތެވެ.

އަނިލް ވަދުވާ ވިދާޅުވާ ގޮތުގައި އިންޑިއާގެ ރިޔާސަތުގައި ބަލަނީ ކޮވިޑް-19 ފަދަ ސިއްޙީ ކާރިސާތަކުން އަރައިގަތުމަށް ތަރައްޤީވަމުން އަންނަ ޤައުމުތަކުގެ ޤާބިލްކަން ވަރުގަދަކުރާނެ މެކޭނިޒަމްތަކެއް އުފެއްދުމަށެވެ.

ޖީ-20ގެ ރައީސްކަމުގެ ބެޓަން އިންޑިއާއިން ވަނީ ހަވާލުވެފައެވެ.ޖީ-20 ގެ ޤައުމުތަކުން މިހާތަނަށް ވަނީ މުހިންމު ނަތީޖާތަކެއް ނެރެފައެވެ. އޭގެތެރޭގައި ދަރަނީގެ ބުރަތައް ލުއިކޮށްދިނުމާއި،  ބައިނަލްއަޤްވާމީ ޓެކްސް ނެގުމާއި، ބޭންކުތަކަށް ބޭނުންވާ ކެޕިޓަލް އަދި ލިކުއިޑިޓީ ރިކުއަރމަންޓްތައް ރެޝަނަލައިޒްކުރުމާއި، އައި.އެމް.އެފް ރީކެޕިޓަލައިޒޭޝަން ކުރުމާއި،  2008 ވަނަ އަހަރުގެ ދުނިޔޭގެ މާލީ ކާރިސާގައި މާލީ ޙާލަތު ހަމައަކަށް އެޅުމާއި،  ޑެޓް ސަރވިސް ސަސްޕެންޝަން އިނީޝިއޭޓިވްއެއް އުފެއްދުމާއި އެކު ޖުމްލަގޮތެއްގައި މެކްރޮއިކޮނޮމިކް ސްޓެބިލިޓީ ކަށަވަރުކުރުން ހިމެނެއެވެ. ފާއިތުވި އަހަރުތަކުގައި ކޮރަޕްޝަނާއި ޓެރަރިޒަމަށް ފައިނޭންސް ކުރުމާއި ވަޒީފާ އާއި އިޖުތިމާއީ ރައްކާތެރިކަމާއި މަސްތުވާތަކެތީގެ ވަގުފާރި އާއި ހިޖުރަ ކުރުމާއި ދަނޑުވެރިކަމާއި ކާބޯތަކެތީގެ ރައްކާތެރިކަން، ޞިއްޙީ އަދި މޫސުމަށް އަންނަ ބަދަލުތައް ފަދަ ކަންކަން ހިމެނުމަށް ޖީ20އިން ވަނީ އެޖެންޑާ ފުޅާކުރުމަށް ވެސް މަސައްކަތްކޮށްފައެވެ.

މިކާމިޔާބީތަކުގެ މައްޗަށް ބިނާކޮށް،އިންޑިޔާ އޮތީ، އެންމެން ބައިވެރިވާ، އުއްމީދީ އަދި ޢަމަލީ ގޮތުން ހިންގޭ ރިޔާސަތެއް ގެނައުމަށް ތައްޔާރަށެވެ. ޔޫކްރެއިންގައި ހިނގަމުންދާ ހަމަނުޖެހުންތަކުގެ ސަބަބުން މުޅި ދުނިޔެއަށް ވަނީ ޖިއޮޕޮލިޓިކަލް  ކާރިސާއެއް ކުރިމަތިވެފައެވެ. އެޤައުމުގައި ދުނިޔޭގެ ސަޕްލައި ޗެއިންތަކަށް ކުރިމަތިވެފައިވާ ހީނަރުކަމާއި، ކްލައިމެޓް ފައިނޭންސާއި ކްލައިމެޓް އެކްޝަންގެ ކާރިސާއާއި، ދުނިޔޭގެ 70 ޤައުމަކަށް ދަރަނީގެ ދަތިކަން ކުރިމަތިވެފައިވާއިރު، ދުނިޔޭގެ 200 މިލިއަން މީހުން ވަނީ ފަގީރުކަމުގެ ދަރަޖަ އަށްވުރެ ދަށަށް ގޮސް، 75 މިލިއަން މީހުންގެ ވަޒީފާ ވަނީ ގެއްލިފަ އެވެ.

އިންކްލޫސިވް ޑިޕްލޮމަސީ

ޖިއޮޕޮލިޓިކްސްގެ ސަބަބުން އދ.ގެ ސަލާމަތީ މަޖިލީހުގައި ވަނީ ގްރިޑްލޮކް އެޅުވިފައެވެ. ސްޓްރެޓެޖިކް އަދި ކެލްކިއުލޭޓެޑް ޓެކްއޯވާއެއްގެ ދަށުން ދުނިޔޭގެ މަލްޓިލޭޓަރަލް އިންސްޓިޓިއުޝަންތަކުގެ ތެރެއިން 15 މުއައްސަސާއެއްގެ  މައްޗަށް ޗައިނާގެ ބާރު އެބައޮތެވެ. އެހެންކަމުން އ.ދ.ގެ ނިޒާމަށް އިޞްލާޙީ ބަދަލުތަކެއް ގެނައުން ވަރަށް މުހިންމެވެ. ޖީ7 އަކީ އެލިޓިސްޓް، މުއްސަނދި ޤައުމުތަކެއް އެކުލެވޭ ޖަމިއްޔާއެކެވެ. އޭގެ ފަހަތުގައި ޖީ-20 ބެލެވެނީ އިޤްތިޞާދުތަކާއި ދުނިޔޭގެ  ބާރާއި ނުފޫޒު މިވަގުތުގެ ބެލެންސް އިތުރަށް ތަމްސީލުކުރާ އުއްމީދީ ފޯރަމްއެއްގެ ގޮތުގައެވެ. ދުނިޔޭގެ އެންމެ ބޮޑު ޑިމޮކްރަސީގެ ހައިސިއްޔަތުން، ފަސްވަނައަށް އެންމެ ބޮޑު އިޤްތިޞާދުގެ ހައިސިއްޔަތުން، އަދި ދެވަނައަށް އެންމެ އާބާދީ ބޮޑު ޤައުމު   ކަމުގައިވާ އިންޑިޔާ ވަނީ ސްޓްރެޓެޖިކް އޮޓޮނޮމީގެ  ސިޔާސަތުތަކާއިއެކު ހައްލު ހޯދުމަށް މަސައްކަތް ކުރުމުގެ ގާބިލުކަން ލިބިފައިވާ  ފަރާތެއްގެގޮތުގައެވެ. އިންޑިޔާއިން ރިޔާސަތާއި ޙަވާލުވި މުނާސަބަތުގައި ބޮޑު ވަޒީރު ނަރެންދުރަ މޯދީ ވިދާޅުވީ، ޑިޖިޓަލް ޓެކްނޮލޮޖީގެ ސްކޭލެބިލިޓީއާއި، އެންމެން ގުޅިގެން ނިންމުންތައް ނިންމުމާއި، ޑިމޮކްރަސީއާއި، ނިކަމެތިންނަށް އަޅާލުމުގެ ވެރިކަމުގެ މޮޑެލްއެއް އަދި ޒުވާނުންގެ އުފެއްދުންތެރިކަމާއި ހުނަރުވެރިކަން އާލާކުރުމާއި،  ޤައުމީ ތަރައްޤީއަކީ  ރައްޔިތަކު އިސްނަގައިގެން ހިންގާ " ޙަރަކާތަކަށް"  ހެދުމުގެ ސިފަތައް އިންޑިއާގައި އެބަހުރިކަމެވެ. އިންޑިޔާއިން ދަނީ ޓެކްނޮލޮޖީގެ ބޭނުން ހިފައި، ހުޅުވާލެވިފައިވާ އަދި އެންމެން ޝާމިލުވާ ޑިޖިޓަލް  ޕަބްލިކް ގުޑްސް އުފައްދަމުންނެވެ. މިއީ އިޖްތިމާޢީ ރައްކާތެރިކަމާއި، ޞިއްޙީ އިންޝުއަރެންސާއި،  ވެކްސިން ޖެހުމާއި،  ޓްރެކިންގގެ ދާއިރާއިން ފައިނޭންޝަލް އިންކްލޫޝަން، އަދި އިލެކްޓްރޯނިކް ޕޭމަންޓް ފަދަ ކަންކަމުގައި އިންޤިލާބީ ކުރިއެރުންތަކެއް ހޯދާފައިވާ އެއްޗެހިއެވެ.

މިއީ ޖީ-20ގައި ހިމެނޭ ޤައުމުތަކުގެ ތެރެއިންޕެރިސް އެގްރީމެންޓްގެ ދަށުން ޤައުމީ ލެވެލްގައި މޫސުމަށް އަންނަ ބަދަލުތަށް ނައްތާލުމަށް ކަނޑައަޅާފައިވާ ލަނޑުދަޑިތައް ޙާސިލް ކުރަމުންދާ ހަމައެކަނި ޤައުމެވެ. އިންޑިއާގެ ބޮޑުވަޒީރު މޯދީ ވަނީ އިންޑިއާގައި އެލްއައިއެފްއީ (ލައިފްސްޓައިލް ފޯ އެންވަޔަރަންމަންޓް) ނަމަކަށް ކިޔާ ހަރަކާތެއް  އިފްތިތާހު ކޮށްދެއްވައިފި އެވެ.އެއީ ޖީ-20 ގެ ބައިވެރިންގެ   އިތުރުން ، ދުނިޔޭގެ ދެކުނުގެ އެ ޤައުމުގެ އެކުވެރިންނާއެކު، އެމީހުންގެ އަޑު ގިނަފަހަރަށް އިވިފައެއް ނުވެއެވެ. ކޮވިޑް-19 އާ ގުޅުންހުރި މެޑިކަލް ޓެކްނޮލޮޖީތަކާއި އެއާ ގުޅުންހުރި މެޑިކަލް ޓެކްނޮލޮޖީތަކުގެ އިންޓެލެކްޗުއަލް ޕްރޮޕަޓީ ޕްރޮޓެކްޝަންއިން ލުޔެއް ހޯދުމަށް  19 ގައުމަކާއި ޔޫރަޕިއަން ޔޫނިއަންގެ މަންދޫބުންނާއި ސައުތު އެފްރިކާއާއެކު 800 އަށް ވުރެ ގިނަ ދަޢުވަތުދެވިފައިވާ ފަރާތްއާއެކު އެންމެ އިންކްލޫސިވް   ޖީ20 ބައްދަލުވުންތައް ބޭއްވުމަށް އިންޑިއާއިން ވަނީ ރާވާފައެވެ.

އޭގެތެރޭގައި ބަންގްލަދޭޝް،  މިސްރު، ނައިޖީރިއާ، އޮމާން، ސިންގަޕޫރު، މޮރިޝަސް، ނެދަލެންޑްސް، ސްޕެއިން އަދި ޔޫއޭއީ،  ބައިނަލްއަގްވާމީ ގިނަ އިދާރާތަކުން  އިންޑަސްޓްރިއަލް އަދި ޑިވެލޮޕްކުރާ ހާއްސަ ދައުވަތުދޭ ވިޔަފާރިވެރިން ކުރިއަށް އޮތް އަހަރުގެ ތެރޭގައި 55 ސިޓީއެއްގައި ބާއްވާ 200 ބައްދަލުވުންތަކުގައި ބައިވެރިވާނެކަމަށްބެލެވެއެވެ.

އައު އިސްނެގުންތައް

އިންސާނުންނާ ގުޅުންހުރި ގްލޯބަލައިޒޭޝަންގެ އާ ޕެރެޑައިމްއެއް ބިނާކުރުމުގެ ވިސްނުމެއް އިންޑިއާއިން މިހާރުވެސް ވަނީ ދައްކާދީފައެވެ. ބޮޑުވަޒީރު މޯދީ ވިދާޅުވި ގޮތުގައި  މިކަން ހާސިލްކުރަން ޖެހެނީ ދެމެހެއްޓެނިވި އަދި ތިމާވެއްޓާ ރައްޓެހި ދިރިއުޅުމަށް ހިތްވަރުދީ، ކާބޯތަކެތީގެ ބާވަތްތަކާއި ، ފާޓިލައިޒަރ އަދި މެޑިކަލް ޕްރޮޑަކްޓްތައް  ދުނިޔޭގެ ފެންވަރުގައި ޑިޕޮލިޓައިޒްކޮށްގެންނެވެ. އިންސާނީ ކާރިސާތަކާއި، ދުނިޔޭގެ ނިއުކްލިއަރ ހަތިޔާރުގެ ސަބަބުން ކުރިމަތިވެދާނެ ނުރައްކާތައް ކުޑަކުރުމާ ބެހޭގޮތުން ހަޤީޤަތައަ ވާހަކަދެކެވި ދުނިޔޭގެ ރައްކާތެރިކަން ކަށަވަރުކުރެވިގެންނެވެ. ނަމަވެސް އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޖައިޝަންކަރު ވިދާޅުވާ ގޮތުގައި  އެންމެ މުހިންމު ކަމަކީ އިންޑިއާގެ  ޖިއޮޕޮލިޓިކަލް  ކަނޑައެޅުމުގައި ޓެކްނޮލޮޖީގެ ދައުރެވެ. އެއީ މަލްޓިޕޯލާ ދުނިޔޭގައި ޓެކްނޮލޮޖީ އާއި ސްޓްރެޓެޖިކް އެލަޔަންސްތައް އުފެއްދުމުގައި މިއީ މުހިންމު ދައުރެއް އަދާކުރާނެ ކަމަކަށްވާތީއެވެ.

ބޮޑުވަޒީރު މޯދީ ވިދާޅުވެފައިވާ ފަދައިން، ހުރިހާ ދިރޭތަކެއްޗާއި،  ދިރުމެއް ނެތް ތަކެއްޗަކީ، ބިމާއި، ފެނާއި، އަލިފާނާއި، ވައި އަދި ޖައްވުގެ މައިގަނޑު ފަސް މާއްދާގެ މައްޗަށް އެކުލެވިގެންވާ  އެއްޗެކެވެ.  އިންޑިޔާގެ ޖީ-20 ގެ ރިޔާސަތުން އެއްބައިވަންތަކަމުގެ މި ޔުނިވަރސަލް އިހުސާސް ކުރިއެރުވުމަށް މަގުފަހިވެގެންދާނެއެވެ.  މި ޝިޢާރުކަމުގައިވާ "ވަން އާރތް، ވަން ފެމިލީ، ވަން ފިއުޗަރ" އާއި "ވަސުދައިވާ ކުތުމްބަކަމް" ގެ ޝިއާރުގައި ދުނިޔެއަކީ އެއް ޢާއިލާއެކެވެ.

އިންޑިއާއިން އިސްކަންދޭ ބައެއް ކަންކަމުގެ ތެރޭގައި ކުރިއެރުމާއި ތަނަވަސްކަމާއި، ރެސިލިއަންޓް ގްލޯބަލް ސަޕްލައި ޗެއިންތަކާއި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކާއި، ލޮޖިސްޓިކްސްއާއި، ޑަބްލިއުޓީއޯ،  އައިއެމްއެފް އަދި ވޯލްޑް ބޭންކް  ފަދަ މަލްޓިލޭޓަރަލް އިންސްޓިޓިއުޝަންތަކަށް ގެންނަ  އިސްލާހުތަކާއި،   ޖީ-20ގެ ރިޔާސަތުން އަންހެނުން އިސްނަގައިގެން ހިންގާ ތަރައްޤީ ހިމެނެއެވެ.ޑިޒާސްޓާ  ރިސްކް އެންޑް ރެޒިލިއަންސް އާއި ސްޓާޓް އަޕް 20  އާ އިނީޝިއޭޓިވްސް އުފެއްދުމުގައި އިންޑިއާ އިން އިސްނަގައިގެން މަސައްކަތް ކުރާނެ ކަމަށް ބެލެވެ އެވެ. ކްރޮސް ބޯޑަރު ވިޔަފާރީގެ މުޢާމަލާތްތައް ފަސޭހަކުރުމަށާއި، ތަރައްޤީ ކުރުމަށް ބޭނުންވާ ޤާނޫނީ އެހީގެ ނިޒާމު ޤައުމުތަކައް ފޯރުކޮށްދީ، ޑިސްޕިއުޓް ސެޓްލްމެންޓް އިން ޑަބްލިއު.ޓީ.އޯ. ޑިސްޓޯރިޝަނަރީ ނޮން-ނައްތާލެވޭނެ ގޮތްތަކާއި ތަރައްޤީވަމުން އަންނަ ޤައުމުތަކާއި  ލޮވަރ ޑިވެލޮޕިންގ ކަންޓްރީސް އަށް ޓެރިފް ފިޔަވަޅުތައް އެޅުމާއި އަދި ކޮވިޑް-19 ފަދަ ކާރިސާއިން ދެނެގަނެވިފައިވާ ޑަބްލިއު.ޓީ.އޯ.ގައި ހުރި މައްސަލަތަކަށް ޙައްލެއް ހޯދޭނެ އޮނިގަނޑެއް ބިނާ ކުރުމަށް އިންޑިއާއިން ކޮމަން ޑިޖިޓަލް ޕްލެޓްފޯމެއް ޤާއިމްކުރުމަށް ހުށަހަޅާނެކަމަށް ބެލެވެއެވެ.

އެމް.އެސް.އެމް.އީއިން މާކެޓް ރިސަރޗް ކުރުމަށް އިންޓަގްރޭޓެޑް ޓްރޭޑް އަދި ބިޒްނަސް އިންފޮމޭޝަން ފޯރުކޮށްދޭ އޮންލައިން ޑިޖިޓަލް ޕޯޓަލްއެއް ޤާއިމުކުރުމަކީ  ވެސް ކުރިއަށްއޮތްތަނުގައި ގެންނާނެ ކަމަށްބެލެވޭ އަނެއް ހުށަހެޅުމެކެވެ. މީގެ އިތުރުން  ލާމަރުކަޒީ ވިޔަފާރީގެ މަގުފަހިކުރުމަށް ޓަކައި ޢާންމު އުޞޫލުތަކެއް އެކުލަވާލުމަށާއި، މުދަލާއި  ޚިދުމަތުގެ ވިޔަފާރީގައި  ހިމެނުމަށް މަގުފަހިކުރުމުގެ  ސާފު މަޤްޞަދުތައް ބަޔާންކުރާ އިންކްލޫސިވް ޓްރޭޑް އެކްޝަން ޕްލޭން އެކުލަވާލުމަށާއި،  ފައިދާހުރި ގޮތެއްގައި ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރެވޭނެ އުޞޫލުތައް ކަނޑައެޅުމަށްވެސް ވަނީ ހުށަހަޅާފައެވެ.

ކްރިޓިކަލް އެންޑް އެސެންޝަލް ސެކްޓާތަކަށް ގްލޯބަލް ވެލިއު ޗެއިންތަކުގެ  ޖިއޯސްޕެޓިއަލް މެޕިން،  ނެޓްވޯކް ރީސްޓްރަކްޗާ، ސަޕްލައި ޗެއިން މެނޭޖްމަންޓް ސޮލިއުޝަންސް އަދި  އެކިއުޓް ސަޕްލައި ޗެއިން ޑިސްޓްރަކްޝަންގެ  ނުރައްކާތަކާ މެދު ހޭލުންތެރިކަން އިތުރުކުރުމަކީ  ވެސް ވަރަށް ބޮޑު އިސްކަމެއް ދޭ ކަމެކެވެ

ދުނިޔޭގެ ޞިއްޙީ ރައްކާތެރިކަން ކަށަވަރުކުރުމަށާއި ވެކްސިން އުފައްދައި ބެހުމުގައި އިންޑިޔާގެ ދައުރު ވަރަށް ބޮޑެވެ.

ކާބޯތަކެތީގެ ރައްކާތެރިކަމާއި ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތަކާއި ކްލައިމެޓް ފައިނޭންސްގެ މައްސަލައިގައި ތަރައްގީވަމުން އަންނަ ގައުމުތަކުގެ  އިތުބާރު ހިފޭ އަޑެއްގެ ގޮތުގައި އިންޑިއާއިންވަނީ އިސްނަގާފައިއެވެ. އެގޮތުން ދެކުނު އެފްރިކާގައި

ކޮވިޑް-19 އާ ގުޅުންހުރި  މެޑިކަލް ޓެކްނޮލޮޖީތަކާއި  އެއާ ގުޅުންހުރި އާލާތްތަކުގެ އިންޓެލެކްޗުއަލް ޕްރޮޕަޓީ ޕްރޮޓެކްޝަންތަކުން ލުޔެއް ދިނުމަށް ޑަބްލިއުޓީއޯ އިން ވަނީ ދެކުނު އެފްރިކާއާއަށް މާފްކޮށްދީފައިއެވެ. އެފްރިކާ އާއި ލެޓިން އެމެރިކާގައި އަދި   ދުނިޔޭގެ  ދެކުނުގައި ފުޅާ ދާއިރާއެއްގައި އިންޑިއާއިން އުފެއްދި  ޑިޖިޓަލްކޮށް ބޭނުންކުރެވޭ ޑެލިވަރީ ޕްލެޓްފޯމްތަކަށް ވަރަށް ބޮޑު ޝައުގުވެރިކަމެއް  އުފެދިފައިވާއިރު، އިޖުތިމާއީ ރައްކާތެރިކަމަކީ ހަމައެކަނި މުއްސަނދި މުޖުތަމައުއެއްގެ އިޚްތިޔާރެއް ނޫންކަން ވަނީ ހާމަވެފައެވެ.

ޑިޖިޓަލް  ކުރިއެރުމުގެ ބޭނުންތެރިކަން ގްލޯބަލް ސައުތުގެ މުހުންމުކަން ސާބިތުކޮށްދީފައިވަނީ 800 މިލިއަން ފަގީރުންނަށް ހިލޭ ކާޑުގެ ބާވަތްތައް ބެހުމާއި ޑައިރެކްޓް ބެނިފިޓް ޓްރާންސްފަރ 450 މިލިއަން މީހުންނަށް ދީގެންނެވެ.  ތަރައްގީވަމުން އަންނަ ގިނަ ގައުމުތަކުގެ ރައްޔިތުންނަކީ  އެއްވެސް ކަހަލަ ޑިޖިޓަލް  އައިޑެންޓިޓީއެއް އޮންނަ ބައެއް ނޫނެވެ. ގާތްގަނޑަކަށް 2 ބިލިއަން މީހުންގެ ބޭންކް އެކައުންޓް ނެތް އިރު ގާތްގަނޑަކަށް  130 ޕޭމަންޓް މެކޭނިޒަމްތަކެއް ޤާއިމްވެފައިނުހުރެއެވެ. ޖީ-20 ގެ ޗީފް ކޯޑިނޭޓަރު ހަރްޝް ވަރްދަން ޝްރިންގްލާ ފާހަގަކުރައްވާ ފަދައިން "ޑިޖިޓަލް އާކިޓެކްޗަރއަކީ ފުޅާ ދާއިރާއެއްގައި ބޭނުންކުރެވޭ ތަނަކަށް ހަދައިފިނަމަ، އިޖްތިމާޢީ އަދި  އިޤްތިޞާދީ ބަދަލް  ގެނެވިދާނެކަން އިންޑިއާގެ  ތަޖުރިބާއިން އެނގެއެވެ.  ޑިޖިޓަލް ޓެކްނޮލޮޖީގެ ބޭނުން، ވިސްނުންތެރިކަމާއެކު ބޭނުންކޮށްފިނަމަ، ފަގީރުކަމާ  ދެކޮޅަށް ކުރާ މަސައްކަތުގައި ފޯސް މަލްޓިޕްލަޔަރަކަށް ވެގެންދާނެކަމެވެ. އިންޑިޔާގެ ކާމިޔާބީއާއެކު

ޔުނިފައިޑް ޕޭމަންޓްސް އިންޓަރފޭސް (ޔޫޕީއައި)، ޑައިރެކްޓް ބެނެފިޓްސް ޓްރާންސްފަރ އަދި އާދަރް އޮތެންޓިކޭޝަން އިން ވެލްފެއަރ ސްކީމްތަކުގެ ސަބަބުން ތަރައްޤީވަމުން  އަންނަ ފަރާތްތަކަށް އިތުރު ކުރިއެރުމެއް ލިބެއެވެ. ކޯވިން ޕްލެޓްފޯމް ޤާއިމްވުމުން ވެކްސިން ލިބުމަށް ފަސޭހަވެ އަދި ހަމަހަމަކަން ޤާއިމްކުރުން އިތުރުވެގެންގޮސްފިއެވެ. ޑިޖިޓަލް އިންޑިއާއިން ދުނިޔޭގެ މަސްރަޙައްދިމާވެފައިވާ ޙައްލުތައް ހޯދި އެކަމަށްދާ ހަރަދު ކުޑަ ކުރުމަށް މަގުފަހިވެގެންދާނެއެވެ. މިއާއެކު އިންޑިއާގެ ރިޔާސަތުގައި "ޑޭޓާ ފޯ ޑިވެލޮޕްމަންޓް" އުޞޫލު ޤާއިމްވެ މުހިންމު ދައުރެއް އަދާ ކުރާނެއެވެ.

ކޮވިޑް-19 ގެ ބަލިމަޑުކަން ފަދަ ސިއްހީ ކާރިސާތަކުން އަރައިގަތުމަށް ތަރައްގީވަމުން އަންނަ ގައުމުތަކުގެ ގާބިލްކަން ވަރުގަދަކުރާނެ ނިޒާމުތަކެއް އުފެއްދުމަށް އިންޑިއާގެ  ރިޔާސަތުގައި  ވަނީ އަޒުމް ކަނޑައަޅައިފަ އެވެ.

ތަރައްގީވަމުން އަންނަ ގައުމުތަކާ ގުޅިގެން އިންޑިއާއިން  މަސައްކަތް ކުރާނީ މުސްތަގުބަލުގައި ދިމާވާ  ސިއްހީ ކާރިސާތަކަށް މިހާރަށް ވުރެ ރަނގަޅަށް އިޖާބަ ދެވޭނެ ވަށާޖެހޭ، ގްލޯބަލް ހެލްތް އާކިޓެކްޗާއެއް އުފެއްދުމަށެވެ. އިންޑިއާގެ ޖީ-20 ގެ ޗީފް ކޯޑިނޭޓަރު ޝްރިންގްލާ ވިދާޅުވަނީ ޞިއްޙީ ކާރިޘާތަކަށް މިހާރަށްވުރެ ބޮޑަށް އިންކްލޫސިވް ރެސްޕޮންސެއް ކަށަވަރުކުރުމަށްޓަކައި އިންޓެލެކްޗުއަލް ޕްރޮޕަޓީ، އިނޮވޭޝަން އަދި ސިއްޙީ ޓެކްނޮލޮޖީގެ ކޯ-ޑިވެލޮޕްމަންޓް އަށް އާ ގޮތްތަކެއް ބޭނުންވާ ކަމަށެވެ. އޭނާގެ ނަޒަރުގައި "ފޯކަސް" ވާން ޖެހޭނީ "ޓެކްނޮލޮޖީގެ ކުރިއެރުމަށް ލިބޭ ފައިދާތަކަށެވެ. އަދި ޞިއްޙީ ވަސީލަތްތައް ފުޅާކުރުމުގައި އެވިޑެންސް ބޭސްޑް ޕޮލިސީ ބޭނުންކުރެވިދާނެއެވެ.".

ޖީ-20 ގެ  ރިޔާސަތުން ދުނިޔޭގެ ފެންވަރުގައި އެޖެންޑާ ސެޓަރ އެއްގެ ގޮތުގައާައި އިންކްލޫސިވް ގްލޯބަލް ގްރޯތްގެ ޑްރައިވަރެއްގެ ގޮތުގައި ވިދާލާނެ އުއްމީދު އިންޑިއާގެ އެބައޮތެވެ. އެގޮތުން އިންޑިއާއިން އެފްރިކާ އާއި އޭޝިއާ، ޕެސިފިކް އަދި ލެޓިން އެމެރިކާގައި ހިންގާ ތައުލީމާއި ހުނަރާއި ސްޕެޝަލައިޒޭޝަން އިތުރުކުރާ އައިޓެކް ޕްރޮގްރާމްތަކުގެ ތެރެއިން އެ ޤައުމުތަކުގައި އިންޑިއާގެ އަވައްތައް އުފެދުމަށް މަގުފަހިވާނެއެވެ.

ޖީ-20 އެޖެންޑާގައި އާންމު ތަރައްޤީއަށް ލައިންސް އޮފް ކްރެޑިޓް ފޯކަސް ޙާއްސަކުރެވިގެންދާނެއެވެ. އެކަމަކު މި ހުރިހާ ކަމެއް ކާމިޔާބުވުމަށްޓަކައި ، ސަރުކާރާއި، ވިޔަފާރިއާއި، ޢިލްމީ ދާއިރާއާއި، ތަޢުލީމީ މުއައްސަސާތަކާއި، ޚިޔާލު ފާޅުކުރާ ފަރާތްތަކާއި، މީޑިއާތަކާއި، ޢާންމުން އެއްބައިވަންތަކަމާއެކު މަސައްކަތްކުރުމަށް އިންޑިޔާއިން މަސައްކަތްކޮށްގެންނެވެ. އިންޑިޔާގެ ޖީ-20 ގެ ރިޔާސަތަކީ ދުނިޔޭގެ އެންމެ ނިކަމެތި ޤައުމު ތަމްސީލުކުރާނެ ރިޔާސަތެކެވެ. އަދި އަމާޒަކީ އިންކްލޫސިވިޓީ އާއި އިންޓަރ-ސައުތު އިކޮނޮމިކް އިންޓަގްރޭޝަން އިތުރުކުރުމެވެ.

އަނިލް ވަދުވާ އަކީ މިނިސްޓްރީ އޮފް އެކްސްޓަރނަލް އެފެއާޒްއިން އުތުރަށް ކަނޑައަޅާފައިވާ ސެކްރެޓަރީގެ މަގާމުގައި ހުންނެވި ބޭފުޅެކެވެ. އަދި ކުރިން ޕޮލެންޑް، އޮމާން، ތައިލެންޑް އަދި އިޓަލީއަށް ކަނޑައަޅުއްވާފައި ހުންނަ ސަފީރުކަމުގެ މަޤާމު ފުރުއްވާފައިވާ ބޭފުޅެކެވެ.މިހާރު އޭނާއަކީ ދިއްލީގެ ވިވެކާނަންދާ އިންޓަނޭޝަނަލް ފައުންޑޭޝަންގެ އިއްޒަތްތެރި މެމްބަރެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް