ބިންވެރިޔާ: މިއަދާއި މާދަމާ ގުރުނެގުން ގަލޮޅު ދަނޑުގައި ބުރާސްފަތިން ފެށިގެން ހެންވޭރު ދަނޑުގައި

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން މާލެ ސަރަޙައްދުން ބަންޑާރަގޯތި ދޫކުރުމަށްޓަކައި ހިންގާ ބިންވެރިޔާ ސްކީމުގެ ދަށުން މާލެ ސަރަޙައްދުން ގޯތި ލިބޭ ފަރާތްތަކަށް ލިބޭ ގޯތި ކަނޑައެޅުމަށްޓަކައި ގ...

15 Aug 2023 | 05:03

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން މާލެ ސަރަޙައްދުން ބަންޑާރަގޯތި ދޫކުރުމަށްޓަކައި ހިންގާ ބިންވެރިޔާ ސްކީމުގެ ދަށުން މާލެ ސަރަޙައްދުން ގޯތި ލިބޭ ފަރާތްތަކަށް ލިބޭ ގޯތި ކަނޑައެޅުމަށްޓަކައި ގުރުއަތު ނެގުން މިއަދާއި މާދަމާ ކުރިއަށް ދާނީ ގަލޮޅު ދަނޑުގައި ކަމަށާއި ނަމަވެސް ބުރާސްފަތި ދުވަހުން ފެށިގެން ގުރުނެގުން އޮންނާނީ ހެންވޭރު ދަނޑުގައި ކަމަށް ޕްލޭނިންގް މިނިސްޓްރީން ބުނެފިއެވެ.

ޕްލޭނިންގް މިނިސްޓްރީން ބުނީ، ގުރުއަތު ނެގުމަށް ހާޒިރުވާނެ ތަނާއި ވަގުތު، ގޯތި ލިބޭ ފަރާތްތަކުން " ގެދޮރުވެރިން ޕޯޓަލް" އަށް ވަނުމުން ފެންނާނެ ކަމަށެވެ. ގުރުއަތު ލުމަށް ހާޒިރުވާނީ ގޯތި ލިބޭ ފޯމުގެ އެއް ބައިވެރިއެއް ކަމަށާއި، ގޯތި ލިބޭ ފޯމުގެ އެއްވެސް ބައިވެރިއަކަށް ގުރުއަތުލުމަށް ހާޒިރުވެވެން ނެތްނަމަ ގުރުއަތު ނެގުމަށް ހާޒިރުވާނެ ފަރާތެއްގެ މައުލޫމާތު "ގެދޮރުވެރިން ޕޯޓަލް" މެދުވެރިކޮށް ހުށަހެޅުމަށް ޕްލޭނިންގް މިނިސްޓްރީން ވަނީ އެދިފައެވެ.

"ކަނޑައަޅާފައިވާ ވަގުތެ ތެރޭގައި ގުރުއަތުލުމަށް ހާޒިރުނުވާ ފަރާތްތަކުގެ ގުރުއަތު ނެގުމަށް ހަމަޖެހިފައިވަނީ މި މިނިސްޓްރީގެ ފަރާތުން އެކަމަށް ކަނޑައަޅާފައިވާ އޮފިޝަލެއް" ޕްލޭނިންގް މިނިސްޓްރީން ބުންޏެވެ.

ބިންވެރިޔާ ސްކީމުގެ ދަށުން 18،955 ފަރާތަކަށް ޝަރުތު ހަމަވެފައިވާއިރު ގުރުއަތު ނެގުން މިއަދު ހެނދުނު 11:00ގައި ގަލޮޅު ދަނޑުގައި ފަށާނެކަމަށް އެ މިނިސްޓްރީން ބުނެއެވެ. އަދި ޕްލޮޓް ނަމްބަރު އެނގި ހުޅުމާލެއިން ގޯތި ލިބޭ ފަރާތްތައް ބިންކަނޑަން ދާންވީ ތަނާއި ވަގުތު ފޯނުން ގުޅައި އަންގާނެ ކަމަށްވެސް އެ މިނިސްޓްރީން ބުނެއެވެ.

އެ މިނިސްޓްރީން ރޭ އިތުރަށް ބުނީ ގުރުއަތު ނަގަން ދާންވީ ވަގުތު ރޭ 10:00 އިން ފެށިގެން ޕޯޓަލްއިން ފެންނާނެ ކަމަށާއި އެ ގަޑިއަށް ގަލޮޅު ދަނޑަށް ދިއުމުން ގޯތި ލިބޭ އަކަފޫޓުން ފޮށިތައް ބަހައްޓާފައި ހުންނާނެކަމަށެވެ. އަދި އެ ފޮށިތަކުން ނަގާ ކަރުދާސްކޮޅުގައި ޕްލޮޓް ނަމްބަރާއި ގޯތި ލިބޭތަން ލިޔެފައި އޮންނާނެކަމަށްވެސް މިރޭ އެ މިނިސްޓްރީން ބުންޏެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް