ޕާސްޕޯޓު ހިދުމަތަށް ދިމާވި މައްސަލަ ހައްލު ކޮށްފި

ޕާސްޕޯޓު ހިދުމަތަށް ދިމާވި މައްސަލަ ހައްލުކޮށްފި ކަމަށް އިމިގްރޭޝަނުން ބުނެފި އެވެ. އެ އިދާރާއިން މިއަދު ހެނދުނު ބުނެފައިވާ ގޮތުގައި އެ ހިދުމަތް މެދުކެނޑުނީ ޓެކްނިކަލް މައްސަލައެއް ދިމާވެގެންނެވެ. ކުރ...

15 Aug 2022 | 14:51

ޕާސްޕޯޓު ހިދުމަތަށް ދިމާވި މައްސަލަ ހައްލުކޮށްފި ކަމަށް އިމިގްރޭޝަނުން ބުނެފި އެވެ.

އެ އިދާރާއިން މިއަދު ހެނދުނު ބުނެފައިވާ ގޮތުގައި އެ ހިދުމަތް މެދުކެނޑުނީ ޓެކްނިކަލް މައްސަލައެއް ދިމާވެގެންނެވެ. ކުރިން ލަފާ ކުރީ މެންދުރު 12:00 އާއި ހަމައަށް މައްސަލަ ހައްލު ކުރެވޭނެ ކަމަށެވެ.

އެކަމަކު އެ އިދާރާއިން ބުނީ މައްސަލަ އެއްކޮށް ހައްލު ކުރެވުނީ މިރޭގެ ވަގުތެއްގައި ކަމަށެވެ. އިމިގްރޭޝަނުން ވަނީ މި ޕާސްޕޯޓު ހިދުމަތް މިއަދު ނުދެވުމުން އެކަމަށް ރައްޔިތުންގެ ކިބައިން މައާފަށް އެދިފަ އެވެ.

ޕާސްޕޯޓަކީ ކޮންމެ ދުވަހަކުވެސް ގިނަ ބަޔަކު ހޯދާ ހިދުމަތެކެވެ. އެ ހިދުމަތަށް އެންމެ ބާޜު ބޮޑުވަނީ ކޮންމެ ބަންދަކާއި ދިމާކޮށެވެ.

އިމިގްރޭޝަންގެ ތަފާސް ހިސާބު ދައްކާގޮތުން މިދިޔަ ސްކޫލް ބަންދުގައި ކޮންމެ ދުވަހަކު800 އަށްވުރެ ގިނަ ޕާސްޕޯޓު ދޫކޮށްފައިވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް