ހުޅުމާލޭ ގެއެއްގައި ކައްކަން އުދާފައި ހުރި ތެތްޔެއްގައި ރޯވެ ބޮޑެތި ގެއްލުންތަކެއް!

ހުޅުމާލޭ ފޭސް އެކެއްގެ ގެއެއްގައި ކައްކަން އުދާފައި ހުރި ތެތްޔެއްގައި އަލިފާން ރޯވެ ބޮޑެތި ގެއްލުންތަކެއް ވެއްޖެ އެވެ. އެމްއެންޑީއެފުން ބުނީ ހާދިސާގެ ރިޕޯޓު ކުރީ މިއަދު މެންދުރު 2:09 ގައި ކަމަށެވެ. އެ...

15 Aug 2022 | 13:52

ހުޅުމާލޭ ފޭސް އެކެއްގެ ގެއެއްގައި ކައްކަން އުދާފައި ހުރި ތެތްޔެއްގައި އަލިފާން ރޯވެ ބޮޑެތި ގެއްލުންތަކެއް ވެއްޖެ އެވެ.

އެމްއެންޑީއެފުން ބުނީ ހާދިސާގެ ރިޕޯޓު ކުރީ މިއަދު މެންދުރު 2:09 ގައި ކަމަށެވެ.

އެމްއެންޑިއެފް ފަޔާ އެންޑް ރެސްކިއު ޓީމުން ގޮސް އަލިފާން ގަޑު ނުވާލެވުނީ 2:21 ގައި ކަމަށް މައުލޫމާތު ދެ އެވެ.

މި ހާދިސާގައި އެގޭ އެއްވެސް މީހަކަށް ގެއްލުމެއް ނުލިބެ އެވެ.

އެކަމަކު އަލިފާން ހިފުމުގެ ސަބަބުން ބަދިގެ ވަނީ ބޮޑު މަރާމާތަކަށް ފަހު ނޫނީ ބޭނުން ނުކުރެވޭވަރުވެފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް