މިއަހަރުގެ ބަޖެޓުން 21 ބިލިއަން ރުފިޔާ މިހައިތަނަށް ޚަރަދުކޮށްފައިވާ ކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުން ދައްކައިފިއެވެ.
އެގޮތުން މި އަހަރުގެ ބަޖެޓުން ސަރުކާރު ހިންގުމަށް ޓޯޓަލް އެކްސްޕެންޑިޗަރގެ ގޮތުގައި 21 ބިލިއަން ރުފިޔާ ހޭދަކޮށްފައިވާއިރު، މުސާރައަށް ހަ ބިލިއަން ރުފިޔާ އާއި އިދާރީ ހިންގުމަށް ނުވަ ބިލިއަން ރުފިޔާ ޚަރަދު ކޮށްފައިވާ ކަމަށް ތަފާސް ހިސާބުން ދައްކައެވެ.
މީގެ އިތުރުން ކެޕިޓަލް ޚަރަދުގެ އިންފްރާސްޓްރަކްޗަރ އެސެޓަށް 2.8 ބިލިއަން ރުފިޔާ ޚަރަދުކޮށްފައިވާ ކަމަށް ވެސް ތަފާސް ހިސާބުން ދައްކައެވެ.
ދައުލަތުން މި އަހަރަށް ފާސްކޮށްފައިވަނީ 37 ބިލިއަން ރުފިޔާ ބަޖެޓެކެވެ. އަދި މި ބަޖެޓުގައި އާމްދަނީއަށް ލިބޭނެ ކަމަށް އަންދާޒާކޮށްފައިވަނީ 24 ބިލިއަން ރުފިޔާއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް