ކަސްޓަމްސްގެ ބެލުމުގެ ދަށުގައި ހުރި ބިޔަރާއި ބަނގުރާތަކެއް ނައްތާލައިފިއެވެ.
އެ އިދާރާއިން ބުނީ ނައްތާލެވުނު ތަކެތީގެ ތެރޭގައި ބަނގުރަލާއި ބަނގުރާ އެކުލެވޭ ބިޔަރު ހިމެނޭ ކަމަށާއި މި ތަކެތި ނައްތާލާފައިވަނީ އޮގަސްޓް 14 ވަނަ ދުވަހު ކ. ތިލަފުށީ ކުނި ނައްތާލާ ސަރަޙައްދުގައި ކަމަށެވެ.
ނައްތާލި ތަކެތީގެ ތެރޭގައި ހިމެނެނީ 225.7 ލީޓަރުގެ ބަނގުރާ ފުޅިއާއި 6763 ލީޓަރު ބަނގުރާ ޕެކެޓާއި 1708.08 ލީޓަރުގެ ބަނގުރާ އެކުލެވޭ ބިޔަރު ފުޅި ކަމަށް ވެސް ކަސްޓަމްސް އިން ބުނެއެވެ.
މި ތަކެއްޗަކީ ކަސްޓަމްސްގެ އާންމު ޤަވާއިދުގެ 269 ވަނަ މާއްދާގެ ދަށުން ބޮންޑެޑް ވެއަރހައުސްގައި ހުންނަ މުދާ ހަލާކުވުމުން ނުވަތަ މުއްދަތު ހަމަވުމުން ނުވަތަ މިނޫންވެސް ސަބަބަކާހުރެ ނައްތާލުމުގައި ކަސްޓަމްސްއިން ޢަމަލުކުރާ އުޞޫލުގެ ދަށުން ނައްތާލެވުނު ތަކެއްޗެވެ.
އެކިއެކި ސަބަބުތަކާހުރެ ކަސްޓަމްސްގައި ހިފެހެއްޓިފައި ހުންނަ ތަކެތި ކަނޑައެޅިފައިވާ އުޞޫލުގެ ދަށުން ނައްތާލެވިދާނެކަމަށް ކަސްޓަމްސްގެ ޢާންމު ޤަވާއިދުގައި ބަޔާންކުރެވިފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް