ފުވައްމުލަކުގެ ފުނާޑު ކައުންސިލްގެ ކުރީގެ ރައީސް ވަސީމް ކުއްލިގޮތަކަށް ނިޔާވެއްޖެ

ފުވައްމުލަކު ފުނާޑު ކައުންސިލްގެ ކުރީގެ ރައީސް އަލީ ވަސީމު ކުއްލިގޮތަކަށް ނިޔާވެއްޖެ އެވެ. އޭނާ ނިޔާވީ މިއަދު މެންދުރުގެ ވަގުތެއްގައި ގޭގައި އުޅުއްވަނިކޮށް ހާޓް އެޓޭކެއް ޖެހިގެންނެވެ. ހާޓް އެޓޭކު ޖެހު...

15 Aug 2022 | 10:58

ފުވައްމުލަކު ފުނާޑު ކައުންސިލްގެ ކުރީގެ ރައީސް އަލީ ވަސީމު ކުއްލިގޮތަކަށް ނިޔާވެއްޖެ އެވެ.

އޭނާ ނިޔާވީ މިއަދު މެންދުރުގެ ވަގުތެއްގައި ގޭގައި އުޅުއްވަނިކޮށް ހާޓް އެޓޭކެއް ޖެހިގެންނެވެ. ހާޓް އެޓޭކު ޖެހުމާއި އެކު އޭނާ ނިޔާވެގެން ވެއްޓުނީ ކަމަށް ގާތް މީހުން މީޑިގާއި ބުނެފައިވެ އެވެ.

ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް ވަސީމް އޮތީ ނިޔާވެފައި އެވެ.

ވަސީމް ނިޔާވިކަން ފުވައްމުލަކު ސިޓީގެ މެޔަރު އިސްމާއީލް ރަފީގް ވަނީ މީޑިއާގައި ކަށަވަރުކޮށްދެއްވާފަ އެވެ.

އުމުރުން42 އަހަރުގެ ވަސީމް ފުވައްމުލަކުގެ ފުނާޑު ކައުންސިލްގެ ރައީސް ކަމަށް ފުރަތަމަ އައްޔަން ކުރީ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އެވެ. އޭގެ ފަހުން އޭނާ ވަނީ އިންތިިހާބުގައި ވާދަ ކޮށް ދެ ދައުރު އެ ކައުންސިލްގެ ރައީސްކަން ކުރައްވާފަ އެވެ.

އަދި ފަހުން ރިސޯޓު ދާއިރާގައި މަސައްކަތް ކުރައްވާފައިވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް