ޔުނައިޓެޑު ބަލިވުމުން އައި ރުޅީގައި ރޮނާލްޑޯ ކަނީ ވެސް ޓިމުގެ ކުޅުންތެރިންނާއި ވަކިން

އެންމެ ފަހުން ލީގުގައި ބެންރެންޓްފޯޑާއި ދެކޮޅަށް މެންޗެސްޓަރ ޔުނައިތެޑު ކުޅުނު މެޗުން ބަލިވުމުން އައި ރުޅީގައި ކްރިސްޓިއާނޯ ރޮނާލްޑޯ އޭނާގެ މެންދުރުގެ ކެއުން ކަނީ ޔުނައިޓު ޓީމުގެ ކުޅުންތެރިންނާއި ވަކި...

15 Aug 2022 | 09:51

އެންމެ ފަހުން ލީގުގައި ބެންރެންޓްފޯޑާއި ދެކޮޅަށް މެންޗެސްޓަރ ޔުނައިތެޑު ކުޅުނު މެޗުން ބަލިވުމުން އައި ރުޅީގައި ކްރިސްޓިއާނޯ ރޮނާލްޑޯ އޭނާގެ މެންދުރުގެ ކެއުން ކަނީ ޔުނައިޓު ޓީމުގެ ކުޅުންތެރިންނާއި ވަކިން ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

މެންޗެސްޓާ ޔުނައިޓެޑް ބަލިވުމުން ވެރިވެފައިވާ މާޔޫސްކަން އަދިވެސް ރޮނާލްޑޯގެ ކިބައިން ފިލައިގެން ނުދާ ކަމަށާއި އެކަމުގެ ސަބަބުން ރޮނާލްޑޯ ކޮންމެ ދުވަހަކުވެސް މެންދުރުގެ ކެއުން ކަނީ ޓީމުގެ އެހެން ކުޅުންތެރިންނާއި ވަކިން ކަމަށް ރިޕޯޓުގައި ވަނީ ބުނެފައެވެ.

ރޮނާލްޑޯގެ ރުޅިގަނޑު އަދިވެސް މައިތިރިވެފައި ނުވާއިރު، އޭނާ ވަނީ އެންމެ ފަހުން ބްރެންޓްފޯޑު އަތުން ޔުނައިޓެޑު ބަލިވި މެޗަށް ފަހު ކޯޗާއި ސަލާމްވެސް ނުކޮށް އިސްޖަހައިގެން ހުރެ ދަނޑުން ފައިބައިގެން ގޮސްފައެވެ. މި ކަމާއި ގުޅިގެން ޔުނައިޓެޑުގެ މެނޭޖުމަންޓުން ރޮނާލްޑޯގެ މި އަމަލު ކުއްވެރިކުރުމުގެ އިތުރުން މި ގޮތަށް ކުރާ ކަންތައް ކުރިޔަށް އޮތްތަނުގައި ތަކުރާރު ވާނަމަ ރޮނާލްޑޯ އާއި މެދު ފިޔަވަޅު އަޅަން ޖެހިދާނެ ކަމުގެ އިންޒާރު ދީފައެވެ.

އެގޮތުން ރޮނާލްޑޯގެ ފަރާތުން ފެންނަމުންދާ މިފަދަ އަމަލުތައް ދެން ތަކުރާރުވާނަމަ ޔުނައިޓެޑާއި އެކު ރޮނާލްޑޯ ހަދާފައިވާ އެއްބަސްވުން އުވާލާ ޓީމުން އޭނާ ދޫކޮށްލުމާއި މެދު ވިސްނަން ޖެހިދާނެ ކަމަށް ޔުނައިޓެޑުން ވަނީ ބުނެފައެވެ.

ރޮނާލްޑޯ ޔުނައިޓެޑު ދޫކޮށްލަން ބޭނުންވާކަން އެ ކުލަބަކަށް އަންގާފައިވާއިރު، އޭނާގެ އެޖެންޓް ޖޯޖް މެންޑޭސް އަދިވެސް ދަނީ ރޮނާލްޑޯއަށް އިތުރު ކުލަބެއް ލިބޭތޯ މަސައްކަތް ކުރަމުންނެވެ. އެގޮތުން ޔޫރަޕްގެ ބައެއް ބޮޑެތި ކުލަބުތަކަށް ރޮނާލްޑޯ ގެންދިއުމަށް މެންޑޭސް މަސައްކަތް ކުރި ނަމަވެސް އެ ކުލަބުތަކުން ރޮނާލްޑޯ ބޭނުމެއް ނުވެއެވެ.

ރިޕޯޓުތައް ބުނާގޮތުން ޔޫރަޕުގެ ކުލަބުތަކުން ރޮނާލްޑޯ ގެންދަން ބޭނުން ނުވަނީ އޭނާގެ އުމުރު ދޮށިވެފައި އަގު ބޮޑުކަމުންނެވެ. ދާދިފަހުންވެސް މެންޑޭސް ވަނީ އިޓަލީގެ އޭސީ މިލާނާއި އިންޓަ މިލާނަށް ވެސް ރޮނާލްޑޯ ގެންދަން މަސައްކަތް ކޮށްފައެވެ. ނަމަވެސް އެ ދެކުލަބުންވެސް ވަނީ ރޮނާލްޑޯ ގެނައުމަށް ދެކޮޅު ހަދާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް