މިދިޔަ ހަފްތާގައި ރާއްޖެއިން ކޯވިޑް ޖެހުނީ98 މީހުންނަށް ކަމަށް ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.
ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ތަފާސް ހިސާބު ދައްކާގޮތުން ގިނަ މީހުންނަށް ކޯވިޑް ޖެހުނީ ރިސޯޓުތަކާއި ސިނާއީ ރަށްތަކުގެ އިތުރުން އަތޮޅު ތެރެއިންނެވެ.
މީހުން ދިރިއުޅޭ ރަށްތަކުން މިދިޔަ ހަފްތާގައި 40 މީހުންނަށް ކޯވިޑް ޖެހިފައިވެ އެވެ. އަދި ރިސޯޓުތަކާއި ސިނާއީ ރަށްތަކުން ވެސް ކޯވިޑަށް ޕޮސިޓިވްވީ40 މީހުންނެވެ.
މާލެ ސަރަހައްދުން ކޯވިޑަށް ޕޮސިޓިވްވީ18 މީހުންނެވެ.
މިދިޔަ ހަފްތާގައި ކޯވިޑްގައި މަރެއް ނެތެވެ.
މިހާތަނަށް ރާއްޖެއިން ކޯވިޑް ޖެހުނު ޖުމްލަ މީހުންގެ އަދަދު މިހާރު ވަނީ 184،689 އަށް އަރާފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް