ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި، އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް، ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްވެސް ބަރުލަމާނީ ނިޒާމަށް ތާއީދުކުރައްވާނެކަމުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަދި އެމްޑީޕީގެ ރައީސް، ކުރީގެ ރައީސް، ރައީސް ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވީ އެމަނިކުފާނު، އެމްޑީޕީގެ ރައީސްގެ ހައިސިއްސަޔަތުން އެމްޑީޕީގެ އޮފީހުގައި ދެއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.
އެގޮތުން ރައީސް ނަޝީދު ވިދާޅުވީ ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނުގެ ސިޔާސީ ހަޔާތުގައި ރައީސް ޔާމީނާއި ރައީސް ސޯލިހާއިއެކުގައި އެކި މަރުހަލާތަކުގައި މަސައްކަތްކުރެވިފައިވާއިރު އެބޭފުޅުންގެ ވިސްނުމާއި ނަރަރިއްޔާތު އެނގިލައްވާކަމަށެވެ.
އެކަންކަމަށް ބަލާއިރު އެ ދެބޭފުޅުންވެސް އަދި ސިޔާސީ އެހެން ލީޑަރުންވެސް ބަރުލަމާނީ ނިޒާމަށް ތާއީދުކުރައްވާނެކަމުގައި ގަބޫލުފުޅު ކުރައްވާކަމުގައި ރައީސް ނަޝީދު ވިދާޅުވިއެވެ.
ރާއްޖޭގައި ވެރިކަންކުރާ ނިޒާމު، ބަރުލަމާނީ ނިޒާމަށް ބަދަލުކުރުމަށް ރައީސް ނަޝީދު ފާޅުގައި މަސައްކަތްޕުޅު ފައްޓަވާފައިވާއިރު ޕާޓީގެ ގައުމީ މަޖިލީހަށް އެމަނިކުފާނު ވަނީ މިކަމާއި ގުޅޭ ގަރާރެއްވެސް ހުށަހަޅުއްވާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް