ޓެކްނިކަލް މައްސަލައެއް ދިމާވެ ޕާސްޕޯޓުގެ ހިދުމަތް މެދުކެނޑިއްޖެ

ޕާސްޕޯޓު ހިދުމަތް މެދުކެނޑިއްޖެ އެވެ. އިމިގްރޭޝަނުން ބުނީ ޕާސްޕޯޓަށް އެދުމާއި ދޫކުރުމުގެ ހުރިހާ ހިދުމަތެއް މިވަގުތު މެދުކަނޑާލެވިފައިވާ ކަމަށެވެ. ހިދުމަތް މެދުކެނޑުނީ ދިމާވި ޓެކްނިކަލް މައްސަލައަކާ ގު...

15 Aug 2022 | 05:31

ޕާސްޕޯޓު ހިދުމަތް މެދުކެނޑިއްޖެ އެވެ.

އިމިގްރޭޝަނުން ބުނީ ޕާސްޕޯޓަށް އެދުމާއި ދޫކުރުމުގެ ހުރިހާ ހިދުމަތެއް މިވަގުތު މެދުކަނޑާލެވިފައިވާ ކަމަށެވެ.

ހިދުމަތް މެދުކެނޑުނީ ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން ކަމަށް މައުލޫމާތުދެ އެވެ.

މި މައްސަލަ ހައްލުކޮށް، ޚިދުމަތް އަލުން ދޭން ފެށޭނެކަމަށް ލަފާކުރެވެނީ މިއަދު މެންދުރު 12:00 ން ފެށިގެން ކަމަށް ބުނެ އެވެ.

އެ އިދާރާއިން ވަނީ މިކަމާ ގުޅިގެން ދިމާވެދާނެ ދަތިތަކަށް ކަސްޓަމަރުންގެ ކިބައިން މައާފަށް އެދިފަ އެވެ.

ދިމާވި މައްސަލަ އާއި ގުޅޭ އިތުރު މައުލޫމާތެއް އިމިގްރޭޝަނުން ހާމައެއް ނުކުރެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް