މިސްރުގެ ނަސޯރާ ދީނުގެ ފައްޅިއެއްގައި އަލިފާން ރޯވެ 41 މީހުން މަރުވެއްޖެ

މިސްރުގެ ގިޒާ ސިޓީގައި ހުންނަ ނަސޯރާ ދީނުގެ ފައްޅިއެއްގައި އަލިފާން ރޯވެ ގިނަ ބަޔަކު މަރުވެއްހެ އެވެ. މި ހާދިސާގައި41 މީހުން މަރުވެ އިތުރު14 މީހުން ޒަހަމްވެފައިވެ އެވެ. އެމީހުން މަރުވީ އަލިފާން ރޯވި ވ...

15 Aug 2022 | 03:54

މިސްރުގެ ގިޒާ ސިޓީގައި ހުންނަ ނަސޯރާ ދީނުގެ ފައްޅިއެއްގައި އަލިފާން ރޯވެ ގިނަ ބަޔަކު މަރުވެއްހެ އެވެ.

މި ހާދިސާގައި41 މީހުން މަރުވެ އިތުރު14 މީހުން ޒަހަމްވެފައިވެ އެވެ. އެމީހުން މަރުވީ އަލިފާން ރޯވި ވަގުތު ދުން ބޯވުމުގެ ސަބަބުން ފައްޅިން ނުކުމެވޭނެ ގޮތެއް ނުފެނިގެންނެވެ.

ރިޕޯޓުތައް ބުނާގޮތުގައި އަލިފާން ރޯވީ ކަރަންޓު ޝޯޓެއް ވެގެންނެވެ. ކަރަންޓު ޝޯޓުވެފައިވަނީ އެތަނުން ނުކުންނަ ދޮރު ކައިރީގައި އެވެ.

ފައްޅީގައި އަލިފާން ރޯވި ގޮތް ބެލުމަށް އިތުރު ތަހުގީގުތައް ކުރުމުން މިސްރު ސަރުކާރުން ވަނީ ސަލާމަތީ ބާރުތަކަށް އަންގާފަ އެވެ. މައިގަނޑު ބޭނުމަކީ އެއީ ރާވައިގެން ބަޔަކު ކޮށްފައިވާ ކަމެއްތޯ ބެލުމެވެ.

މިސްރުގައި ހިނގި މި ހާދިސާ އާއި ގުޅިގެން ދުނިޔޭގެ ގައުމުތަކުން ދަނީ ހަމްދަރުދީގެ މެސެޖުތައް ފޮނުވަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް