މިރޭވެސް ރިސޯޓެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި އެވެ.
އެމްއެންޑީއެފުން ބުނީ އަލިފާނުގެ ހާދިސާ ހިނގާފައިވަނީ އދ. އަތޮޅުގައި ހިންގާ ޑައިމަންޑްސް އަތުރުގާ މޯލްޑިވްސް ރިސޯޓް އެންޑް ސްޕާގައި ކަމަށެވެ. ހާދިސާގެ ރިޕޯޓު އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިއުއަށް ކޮށްފައިވަނީ މިރޭ 8:22 ހާއިރު އެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުލިބެ އެވެ. އެމްއެންޑީއެފުން ބުނީ އަލިފާންގަނޑު ކޮންޓްރޯލް ކުރެވިފައިވާ ކަމަށެވެ.
ރޭ އަލިފާނުގެ ހާދިސާއެއް ހިނގާފައިވަނީ ދ. އަތޮޅުގައި ހިންގާ ނިޔާމަ ރިސޯޓުގައި އެވެ. އަލިފާން ރޯވީ ވޯޓާ ވިލާއެއްގައި އެވެ.
ހާދިސާގައި އެ ވިލާއަށް ވަރަށް ބޮޑަށް ގެއްލުންވެފައިވެ އެވެ. އެކަމަކު އިތުރު ކޮޓަރިއަކަށް އަލިފާނުގެ އަސަރުކޮށްފައެއް ނުވެ އެވެ.
ރޭ ނިޔާމަ ރިސޯޓުގައި ރޯވި އަލިފާން ގަނޑު އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިއު ޓީމުން ދިޔަ އިރު ރިސޯޓުގެ މުވައްޒަފުން ވަނީ ނިންވާލާފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް