ކޯވިޑް-19 ވެކްސިން ފުރިހަމަ ކުރި އަދަދު 295،000އަށް

ރާއްޖޭގައި ކޯވިޑް-19 ވެކްސިން ފުރިހަމަ ކުރި މީހުންގެ އަދަދު 295،000 އަށް އަރައިފި އެވެ. އެޗްޕީއޭއިން މިރޭ އާންމު ކުރި އެންމެ ފަހުން ތަފާސް ހިސާބު ދައްކާގޮތުން އިއްޔެ ކޯވިޑް ވެކްސިންގެ ދެ ވަނަ ޑޯޒު 675...

15 Aug 2021 | 17:46

ރާއްޖޭގައި ކޯވިޑް-19 ވެކްސިން ފުރިހަމަ ކުރި މީހުންގެ އަދަދު 295،000 އަށް އަރައިފި އެވެ.

އެޗްޕީއޭއިން މިރޭ އާންމު ކުރި އެންމެ ފަހުން ތަފާސް ހިސާބު ދައްކާގޮތުން އިއްޔެ ކޯވިޑް ވެކްސިންގެ ދެ ވަނަ ޑޯޒު 675 މީހަކު ޖަހާފައިވެ އެވެ.

އޭގެ ތެރެއިން 407 މީހުން ވެކްސިން ޖެހީ މާލެ ސަރަހައްދުންނެވެ. އަތޮޅު ތެރެއިން  އިއްޔެ 268 މީހަކު ވެކްސިންގެ ދެ ވަނަ ޑޯޒު ޖަހާފައިވެ އެވެ.

މިއާއި ރާއްޖެއިން ކޯވިޑް ވެކްސިން ފުރިހަމަ ކުރި މީހުންގެ އަދަދު ވަނީ 295،039 އަށް އަރާފައި އެވެ.

އިއްޔެ ވެކްސިންގެ ފުރަތަމަ ޑޯޒު ޖެހީ1،108 މީހުންނެވެ. އޭގެ ތެރެއިން 377 މީހުން ފުރަތަމަ ޑޯޒު ޖެހީ މާލެއިންނެވެ. އަނެއް 731 މީހުން ވެކްސިންގެ ފުރަތަމަ ޑޯޒު ޖެހީ އަތޮޅު ތެރޭގެ ވެކްސިން ސެންޓަރު ތަކުންނެވެ.

އިއްޔެ ފުރަތަމަ ޑޯޒު ޖެހި މީހުންނާއި އެކު ރާއްޖެއިން ކޯވިޑް ވެކްސިންގެ ފުރަތަމަ ޑޯޒު ޖެހި އަދަދު ވަނީ 343،901 އަށް އަރާފަ އެވެ.

ރާއްޖޭގައި މިހާރު ދެމުން ދަނީ އެސްޓްރަޒެނިކާ ވެކްސިން އާއި ފައިޒާ ވެކްސިން އަދި ސިނޮފާމް ވެކްސިން އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް