ނ. ވެލިދޫގައި ކުޑަކުއްޖަކަށް އަނިޔާ ކުރި މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ މައްސަލަ ހުށަހެޅީ އިއްޔެ ކަމަށެވެ.
ފުލުހުންނަށް މައްސަލަ ހުށަހެޅި ފަރާތެއް ހާމައެއް ނުކުރެ އެވެ. ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ ކުއްޖާއަށް އަނިޔާ ކުރިކަމުގެ ތުހުމަތު ކޮށްފައިވަނީ އެ ކުއްޖާއަށް މަންމައަށް ކަމަށެވެ.
އެ މައްސަލައިގަ އިތުރަށް ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށް ފުލުހުން ބުނެ އެވެ.
އަދި އެ މަސައްކަތް ކުރަނީ ޖެންޑާ މިނިސްޓްރީ އާއި ގުޅިގެން ކަމަށް ފުލުހުން މައުލޫމާތުދެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް