މަޖިލީހުގެ މިއަހަރުގެ ތިންވަނަ ދައުރުގެ ޖަލްސާތައް މާދަމާ ފަށަނީ

ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ތިންވަނަ ދައުރުގެ ޖަލްސާތައް މާދަމާ ފެށުމަށް ތާވަލްކޮށްފި އެވެ. ޗުއްޓީއަށް ފަހު މާދަމާ ޖަލްސާތައް ފަށާ އިރު، ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ވަނީ ޖަލްސާގެ އެޖެންޑ...

15 Aug 2021 | 11:06

ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ތިންވަނަ ދައުރުގެ ޖަލްސާތައް މާދަމާ ފެށުމަށް ތާވަލްކޮށްފި އެވެ.

ޗުއްޓީއަށް ފަހު މާދަމާ ޖަލްސާތައް ފަށާ އިރު، ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ވަނީ ޖަލްސާގެ އެޖެންޑާ ޢާންކޮށްފަ އެވެ.

އެޖެންޑާގައިވާ ގޮތުން އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް ބޭފުޅަކު އައްޔަނުކުރުމުގެ މައްސަލައާއި އިލެކްޝަންސް ކޮމިޝަން (އީސީ) އަށް މެންބަރަކު އައްޔަނުކުރުމުގެ މައްސަލަ ވަނީ ހިމަނާފަ އެވެ.

މީގެ އިތުރުން ހެންވޭރު އުތުރު ދާއިރާގެ މެންބަރު އިބްރާހީމް މުއިއްޒު ހުށަހަޅުއްވާފައިވާ، އުފަންވުމާއި މަރުވުން ރަޖިސްޓަރީކުރުމާއި އުފަންދުވަހުގެ ސެޓްފިކެޓް އަދި ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ހެއްދުމާއި ބެހޭ ބިލަށް ބަހުސް ކުރުން ވެސް ވަނީ ހިމަނާފަ އެވެ.

ތިންވަނަ ދައުރުގެ ޖަލްސާތައް މާދަމާ ފަށަން ތައްޔާރުވެފައިވާ އިރު، މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަދިވެސް ހުންނެވީ އެމަނިކުފާނަށް އަމާޒުކޮށް ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން ލިބުނު ޒަޚަމްތަކަށް ފަރުވާ ހޯއްދެވުމަށް އިނގިރޭސިވިލާތުގަ އެވެ.

އެހެންކަމުން މަޖިލީހުގެ ރިޔާސަތު ބަލަހައްޓަވާނީ މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ އެވެ.

މަޖިލީހުގެ ގަވާއިދު ބުނާ ގޮތުން އަހަރުގެ ފުރަތަމަ ދައުރު ކުރިއަށް ދާނީ ފެބްރުއަރީ މަހުން ފެށިގެން އޭޕްރީލް މަހުގެ ނިޔަލަށެވެ. އަދި ދެވަނަ ދައުރުގެ މުއްދަތަކީ މެއި މަހުގެ 16 ވަނަ ދުވަހުން ފެށިގެން ޖޫން މަހުގެ ނިޔަލަށެވެ.

މަޖިލީހުގެ ތިން ވަނަ ދައުރަކީ އޯގަސްޓް 16 އިން ނޮވެމްބަރު މަހުގެ ނިޔަލަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް