ދާންދޫގައި ބިދޭސީންތަކަކަށް ހަށި ވިއްކި ދިވެހި ކަސްބީންތަކެއް ހައްޔަރު ކޮށްފި

ގއ، ދާންދޫގައި ހަށިވިއްކަމުން ދިޔަ ބަޔަކު ހައްޔަރުކޮށްފި އެވެ. އެމީހުން ހައްޔަރުކޮށްފައިވަނީ ރޭ ފުލުހުން ހިންގި އޮޕަރޭޝަނެއްގައި އެވެ. ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ މައްސަލައިގަ ކޯޓު އަމުރެއް...

15 Aug 2021 | 08:58

ގއ، ދާންދޫގައި ހަށިވިއްކަމުން ދިޔަ ބަޔަކު ހައްޔަރުކޮށްފި އެވެ.

އެމީހުން ހައްޔަރުކޮށްފައިވަނީ ރޭ ފުލުހުން ހިންގި އޮޕަރޭޝަނެއްގައި އެވެ. ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ މައްސަލައިގަ ކޯޓު އަމުރެއްގެ ދަށުން ހަތް މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

ހައްޔަރު ކުރި މީހުންގެ ތެރޭގައި ހިމެނެނީ އުމުރުން 20 އަހަރާއި 24 އަހަރުގެ ދެ އަންހެނުންނެވެ. ދެން ހައްޔަރުކޮށްފައިވަނީ އުމުރުން 30 އަހަރާއި 39 އަހަރުގެ ދިވެހި ފިރިހެނެއްގެ އިތުރުން 25 އަހަރާއި 26 އަދި 27 އަހަރުގެ ބިދޭސީ ތިން ފިރިހެނުންނެވެ.

ފުލުހުން ބުނީ އެ އެންމެން ހައްޔަރުކޮށްފައިވަނީ އެއް ގެއެއްގެ ތެރެއިން ކަމަށްވެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ފުލުހުން އޮޕަރޭޝަންގައި އެގޭތެރެއަށް ވަތް އިރު އެ ދެ އަންހެނުންނާއި އޭގެ ތެރެއިން ބައެއް ބިދޭސީން ދިޔައީ ޖިންސީ ގުޅުން ހިންގަމުންނެވެ.

ފުލުހުން ބުނީ މި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް