ރާއްޖޭގެ ފުޓްބޯޅަ ސީޒަން ފެށެންވާއިރަށް ކޮކާކޯލާ އިން ޚާއްސަ ޕްރޮމޯޝަނެއް ފަށައިފި އެވެ.
ކޮކާކޯލާ ކޮމްޕެނީ އިން ބުނީ "ކޯކް ފުޑް އެންޑް ފުޓްބޯލް" ގެ ނަމުގައު ކުރިއަށް ގެންދާ ޕްްރޮމޯޝަންގައި ޓީވީ އާއި ސްމާޓް ފޯނު އަދި އެނޫން ވެސް އަގުހުރި އެތައް އިނާމުތަކެއް ލިބޭނެ ކަމަށެވެ. އަދި މި ޕްރޮމޯޝަން ކުރިއަށް ދާނީ މިއަދުން ފެށިގެން އަންނަމަހުގެ ނިޔަލަށް ކަމަށެވެ.
މި ޕްރޮމޯޝަންގައި ބައިވެރިވެވޭނީ 300 އެމްއެލް، 500 އެމްއެލް، 1.25 ލީޓަރު އަދ ި2 ލީޓަރުގެ ކޯކު ފުޅީ ގަނެގެން ކަމަށް ވެސް އެ ކުންފުނިން ބުނެ އެވެ.
އެގޮތުން ޕްރޮމޯޝަނަށް ޚާއްސަކޮށް ބާޒާރަށް ނެރެފައިވާ ރަންކުލައިގެ މަތިޖެހި ކޯކުފުޅީގެ މަތިގަނޑުގެ އެތެރޭގައި އިންނަ ކޯޑު 2626 އަށް އެސްއެމްއެސް ކުރުމުން ޕްރޮމޯޝަންގައި ބައިވެރިވެވޭނެ ކަމަށް ކޮކާކޯލާ ކުންފުނިން ބުނެ އެވެ. އަދި އިނާމު ބަލާ ދާ އިރު، ގުރުއަތުން ހިވޭ ކޯޑު ހިމެނޭ މަތިގަނޑު ގެންދަންވާނެ ކަމަށް ވެސް ބުންޏެވެ.
ޕްރޮމޯޝަންގައި ހުށަހަޅާފައިވާ އިނާމުތަކުގެ ތެރޭގައި 20 ސްމާޓް ފޯނު، 50 އިންޗީގެ 25 ޓީވީ، ކޯކުގެ ލޯގޯ ޖަހާފައިވާ 45 ލިމިޓެޑް އެޑިޝަން ކުދި ފްރިޖު (މިއީ ކޮންމެ ދުވަހަކު ލިބޭ އިނާމެއް) އަދި ކޯކުގެ ބްރޭންޑު ކޮށްފައިވާ 225 މާޗެންޑައިޒް ހިމެނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް