ގަލްފް އެއަރގެ ދަތުރުތައް ރާއްޖެއަށް ކޮންމެދުވަހަކު ބާއްވަން ފަށައިފި

ގަލްފް އެއަރގެ ދަތުރުތައް ރާއްޖެއަށް ކޮންމެދުވަހަކު ބާއްވަން ފަށައިފި އެވެ. ބަހްރެއިންގެ ގައުމީ އެއަރލައިނުން ބުނީ ދަތުރުތައް ރާއްޖެއަށް ކޮންމެ ދުވަހަކު ކުރަން ފަށާފައިވަނީ މއިަދުން ފެށިގެން ކަމަށެވެ....

15 Aug 2021 | 06:50

ގަލްފް އެއަރގެ ދަތުރުތައް ރާއްޖެއަށް ކޮންމެދުވަހަކު ބާއްވަން ފަށައިފި އެވެ.

ބަހްރެއިންގެ ގައުމީ އެއަރލައިނުން ބުނީ ދަތުރުތައް ރާއްޖެއަށް ކޮންމެ ދުވަހަކު ކުރަން ފަށާފައިވަނީ މއިަދުން ފެށިގެން ކަމަށެވެ. އަދި ކޮންމެ ދުވަހަކު މަދުވެގެން އެއް ފްލައިޓް ބޭއްވުމަށް ނިންމާފައިވާ ކަމަށެވެ.

ގަލްފް އެއަރގެ އެކްޓިންގ ޗީފް އެގްޒެކިއުޓިވް ވަލީދު އަލްއަލަވީ ވިދާޅުވީ އެ އެއަރލައިނުން ރާއްޖެއަށް ދަތުރުތައް އިތުރުކުރީ ރާއްޖެއަށް ދަތުރުކުރަން ބޭނުންވާ މީހުން އިތުރުވެފައިވާތީ ކަމަށެވެ.

ރާއްޖެއަކީ ފަތުރުވެރިކަމަށް އެންމެ ބޮޑަށް ހުޅުވާލާފައި އޮތް ގައުމު ކަމަށާއި ހަފްތާގެ ކޮންމެ ދުވަހަކުވެސް ދަރުތައް ބޭއްވުމަށް ނިންމީ އެހެންވެ ކަމަށް ވެސް އޭނާ ވިދާޅުވި ެވެ.

ރާއްޖޭގައި ކޮވިޑުގެ ބަލިމަޑުކަން ކޮންޓްރޯލު ކުރެވި، އައު ޢާންމު ހާލަތަށް އައިސްފައިވާ އިރު، މެދުއިރުމަތީގެ ބޮޑެތި އެއަރލައިންތައް ކަމަށްވާ އެމިރޭޓްސް، ފްލައި ދުބާއީ، ގަތަރު އެއަރވޭސް އަދި އިއްތިހާދު އެއަރވޭސް އިން ވެސް އަންނަނީ ރާއްޖެއަށް ދަތުރުތައް ކުރަމުން ނެވެ.

ގަލްފް އެއައިން ރާއްޖެއަށް ދަތުރުތައް އެންމެ ފުރަތަމަފަށާފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހު އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް