މާލޭގައި ގުދަނެއްގައި ގޭސްފުޅިއެއް ގޮވައި ބަޔަކު ފިހިއްޖެ އެވެ.
މި ހާދިސާ ހިނގާފައިވަނީ މާފަންނު ބިސްބުރު ކައިރީގައި ހުންނަ ވަގުތީ މިސްކިތްކައިރީގައި ހުރި ގުދަނެއްގައި އެވެ.
އެމްއެންޑީއެފުން ބުނީ މި ހާދިސާގައި ފިހުނު ދެ މީހުން ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުންދާ ކަމަށެވެ. ހާދިސާގައި ފިހިފައިވަނީ ދިވެއްސަކާއި ބިދޭސީ އެކެވެ.
އެމްއެންޑީއެފުން މައުލޫމާތުދެ ގޮތުގައި އެ ގުދަނަކީ އަލިފާންނިވާ ފުޅި ރައްކާ ކުރާ ގުދަނެކެވެ.
ގޮވާފައިވަނީ 200 އެފްއެމްގެ ގޭސް ސިލިންޑަރެކެވެ.
މި ހާދިސާ ހިންގަން މެދުވެރިވި ސަބަބު ދެނެގަތުމަށް އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިއު އިން ދަނީ އެ ގުދަނުގައި ހަރަކާތްތެރިވަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް