އިތުރު 255 މީހުން ކޯވިޑް-19 ވެކްސިން ފުރިހަމަ ކޮށްފި

ރާއްޖެއިން އިތުރު255 މީހުން ކޯވިޑް-19 ވެކްސިން ފުރިހަމަ ކޮށްފި އެވެ. އެޗްޕީއޭއިން ރޭ އާންމު ކުރި އެންމެ ފަހުގެ ތަފާސް ހިސާބު ދައްކާގޮތުން މިމަހުގެ 13ވީ ހުކުރު ދުވަހުގެ ނިޔަލަށް ޖުމްލަ 294،364 މީހުން ވ...

15 Aug 2021 | 04:26

ރާއްޖެއިން އިތުރު255 މީހުން ކޯވިޑް-19 ވެކްސިން ފުރިހަމަ ކޮށްފި އެވެ.

އެޗްޕީއޭއިން ރޭ އާންމު ކުރި އެންމެ ފަހުގެ ތަފާސް ހިސާބު ދައްކާގޮތުން މިމަހުގެ 13ވީ ހުކުރު ދުވަހުގެ ނިޔަލަށް ޖުމްލަ 294،364 މީހުން ވެކްސިން ފުރިހަމަ ކޮށްފައިވެ އެވެ. އެ ދުވަހު ވެކްސިން ފުރިހަމަ ކުރި މީހުންގެ އަދަދަކީ255 އެވެ.

އެ ދުވަހު މާލޭގައި ވެކްސިން ދީފައެއް ނުވެ އެވެ.

ހުކުރު ދުވަހު ފުރަތަމަ ޑޯޒު ޖަހާފައިވަނީ 282 މީހުންނެވެ. އެއީ އަތޮޅުތެރެއިން ވެކްސިން ޖެހިމީހުންނެވެ.

މިހާތަނަށް ވެކްސިން ފުރިހަމަ ކުރި މީހުންގެ އަދަދު ވަނީ 342،793 އަރާފަ އެވެ.

ރާއްޖޭގައި މީހާރު ކޯވިޑަށް ދެމުންދަނީ އެސްޓްރަޒެނިކާ ވެކްސިނާއި ސިނޯފާމް ވެކްސިނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް