ފޮނަދޫ އާންމު ހާލަތަށް ގެނެސްފި

ލ. ފޮނަދޫގެ މޮނިޓަރިންގެ ހާލަތު އުވާލައި އާންމު ހާލަތަށް ގެނެސްފި އެވެ. އެ ރަށް މޮނިޓަރިންގެ ހާލަތަށް ގެނައީ މާލެއިން އެ ރަށަށް ދިޔަ މީހަކު ކޯވިޑަށް ޕޮސިޓިވް ވެގެންނެވެ. އެއީ މިމަހުގެ ތިން ވަނަ ދުވަހު...

15 Aug 2021 | 03:49

ލ. ފޮނަދޫގެ މޮނިޓަރިންގެ ހާލަތު އުވާލައި އާންމު ހާލަތަށް ގެނެސްފި އެވެ.

އެ ރަށް މޮނިޓަރިންގެ ހާލަތަށް ގެނައީ މާލެއިން އެ ރަށަށް ދިޔަ މީހަކު ކޯވިޑަށް ޕޮސިޓިވް ވެގެންނެވެ. އެއީ މިމަހުގެ ތިން ވަނަ ދުވަހު އެވެ.

ފޮނަދޫ މޮނިޓަރިންގެ ހާލަތުން ނެގި ނަމަވެސް ރެންޑަމް ސާމްޕަލް ނެގުމުގެ ކަންކަން ދަނީ ކުރިޔަށް ގެންދާ ކަމަށް އެ ރަށު ސިއްހީ މަރުކަޒުން މައުލޫމާތުދެ އެވެ.

ފޮނަދޫ މޮނިޓަރިންގެ ހާލަތުން އުވާލުމުން މިވަގުތު މޮނިޓަރިންގެ ހާލަތުގައި އޮތީ އަށް ރަށެވެ. އޭގެ ތެރެއިން އެންމެ ގިނަ ދުވަސްވެފައިވަނީ ރ. ދުވާފަރެވެ.

މޮނިޓަރިންގެ ހާލަތުގައި އޮތް ރަށްތަކުގެ ތެރެއިން ރަށުން ފައިބާއިރު ކޯވިޑް-19 ނެގެޓިވް ޓެސްޓު ނަތީޖާއެއް އޮންނަން ޖެހެނީ ހަމައެކަނި ދުވާފަރުން ފައިބާއިރު އެވެ. އެޗްޕީއޭއިން އެކުލަވާލާފައިވާ އާ އައިޑްލައިން ބުނާގޮތުން މޮނިޓަރިންގެ ހާލަތުުގައި އޮންނަ ރަށްތަކުގެ ތެރެއިން ވެކްސިން ޖަހަން ޖެހޭ އާބާދީގެ 60 ޕަސެންޓު މީހުން ކޯވިޑް ވެކްސިން ފުރިހަމަ ނުކުރާ ނަމަ އެ ރަށަކުން ފައިބާއިރު ނެގެޓިވް ޕީސީއާރު ޓެސްޓު ނަތީޖާއެއް އޮންނަން ޖެހޭނެ އެވެ.

ރާއްޖެއިން ކޯވިޑް-19 އަށް ޕޮސިޓިވްވި މީހުންގެ އަދަދު އިއްޔެ ވަނީ79،000 އަށް އަރާފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް