ސިޔާމް އާއި ޒާރާގެ ކައިވެނި ނިމުމަކަށް ގެނެސްފި

ސަން ސިޔާމް އާއި ޒާރާގެ ކައިވެނި ނިމުމަކަށް ގެނެސްފިއެވެ. އެމްޑީއޭގެ މެންބަރު އަދި ސަން ސިޔާމްގެ ގާތް ފަރާތެއްކަމުގައިވާ މުހައްމަދު އައްބާސް، ވެލިދޫ އައްބާސް ވަނީ ސޯޝަލް މީޑިއާގައި އެކަން ކަށަވަރުކޮށް...

15 Jul 2025 | 13:56

ސަން ސިޔާމް އާއި ޒާރާގެ ކައިވެނި ނިމުމަކަށް ގެނެސްފިއެވެ.

އެމްޑީއޭގެ މެންބަރު އަދި ސަން ސިޔާމްގެ ގާތް ފަރާތެއްކަމުގައިވާ މުހައްމަދު އައްބާސް، ވެލިދޫ އައްބާސް ވަނީ ސޯޝަލް މީޑިއާގައި އެކަން ކަށަވަރުކޮށްދީފައެވެ.

އެގޮތުން އައްބާސް ވިދާޅުވެފައިވަނީ އޮންރަބަލް އަހުމަދު ސިޔާމް މުހަންމަދު އާއި ޒާރާ މެޑަމް ގެ ކައިވެނި އަކީ އެކަކު އަނެކުން ދެކެ ލޯބި ވެގެން ކުރެވިގެން ދިޔަ ކައިވެންޏެއް ކަމަށާއި، ހަމަ އެހެންމެ އޮންރަބް އަހުމަދު ސިޔާމް މުހަންމަދު އާއި ޒާރާ މެޑަމް ކައިވެނި ރޫޅާލާފައި ވަނީވެސް އެކަކު އަނެކުންގެ މެދުގައި ރިވެތިގޮތުގައި މަސްވަރާކުރުމަށް ފަހު ސުލްހަވެރިކަމާއެކު ސުލްހަވެރި މާހައުލެއްގައި ކަމަށެވެ.

"އޮންރަބަލް އަހުމަދު ސިޔާމް މުހަންމަދަކީ އެއްވެސް ބޭފުޅަކާ މެދު ބޭއިންސާފުން ކަން ކުރައްވާނެ ބޭފުޅެއްނޫން..އަދި އެއްވެސް ބޭފުޅަކާ މެދު ނިކަމެތިކޮށް ކަންކުރައްވާނެ ބޭފުޅެއްވެސް ނޫން..ކޮންމެ ބޭފުޅަކާ މެދުވެސް ކަންކަން ކުރައްވާނީ ލޯބިން އަދި އޯގާތެރިކަމާއެކު..ކައިވެނި ކުރައްވާ ކޮންމެ ދެމަފިރިއަކު މުޅިއުމުރު އެކަކުގައި ނޫޅެވުމަކީ މައްސަލައެއްނޫން.." އައްބާސް ވިދާޅުވެފައިވެއެވެ.

ތަފްސީލް އަންނަނީ...

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް