މާލެ މަގުމަތީގައި ކަނޑިއަކާއި ވަޅިތަކެއް ހިފައިގެން އުޅުނު ދެ މީހަކު ހައްޔަރުކޮށްފި

މާލޭގެ މަގުމަތީގައި ކަނޑިއަކާއި ވަޅިތަކެއް ހިފައިގެން އުޅުނު ދެ މީހަކު ހައްޔަރުކޮށްފި އެވެ. ފުލުހުން މިއަދު ބުނީ އެ ދެ މީހުން ހައްޔަރުކޮށްފައި ވަނީ މިދިޔަ އާދީއަތް ދުވަހުގެރޭ ކަމަށެވެ. އެ މައްސަލާގައި...

15 Jul 2025 | 07:41

މާލޭގެ މަގުމަތީގައި ކަނޑިއަކާއި ވަޅިތަކެއް ހިފައިގެން އުޅުނު ދެ މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން މިއަދު ބުނީ އެ ދެ މީހުން ހައްޔަރުކޮށްފައި ވަނީ މިދިޔަ އާދީއަތް ދުވަހުގެރޭ ކަމަށެވެ.

އެ މައްސަލާގައި ފުލުހުން ހައްޔަރުކުރީ ގދ. ހޯނޑެއްދޫ ކެލާގެ، މުހައްމަދު އާރިފް އާއި ސ. މީދޫ ވައިލެޓްހައުސް، ހައިކަލް އަބްދުﷲ ޝާތިރެވެ.

އެ ދެ މީހުންގެ އަތުން ކަނޑިއަކާއި ވަޅިއެއްގެ އިތުރުން ސާޖިކަލް ވަޅިއެއް ސީނަށް ދިޔަ ފުލުހުންނަށް ވަނީ ފެނިފައެވެ. އެގޮތުން އެ މީހުން ގެންގުޅުނު ކަނޑީގެ ތިލައިގައި ދެ ފޫޓު 10 އިންޗި ހުރި ކަމަށް ފުލުހުން ކޯޓުގައި ބުނެފައި ވެއެވެ.

މީގެ އިތުރުން ފުލުހުން ބުނީ މި ދެ މީހުންވެސް ވަނީ އެކި މައްސަލަތަކުގައި އެކިފަހަރުމަތިން ފުލުހުންގެ ބެލުމުގެ ދަށަށް މީގެ ކުރިން ގެންގޮސްފައި ކަމަށެވެ.

އެހެންކަމުން އާއްމުތަނެއްގައި ތޫނު ހަތިޔާރު ގެންގުޅުނު މައްސަލައެއްގައި ހައްޔަރުކޮށް އެ ދެމީހުންގެ ބަންދަށް ކޯޓުން ވަނީ 15 ދުވަސް ޖަހާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް