ގިރާވަރުފަޅާއި ހުޅުމާލެ 3 ހިއްކުމުގެ އެއްބަސްވުން ބާތިލް ކުރުމުގެ މަސައްކަތް ފަށައިފި

ގިރާވަރުފަޅާއި ހުޅުމާލެ 3 ހިއްކުމުގެ އެއްބަސްވުން ބާތިލުކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ހައުސިންގ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް ވިދާޅުވެއްޖެއެވެ. މިނިސްޓަރު މިކަން ހާމަކުރައްވާފައި ވަނީ ރޭ ބ...

15 Jul 2025 | 07:11

ގިރާވަރުފަޅާއި ހުޅުމާލެ 3 ހިއްކުމުގެ އެއްބަސްވުން ބާތިލުކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ހައުސިންގ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިކަން ހާމަކުރައްވާފައި ވަނީ ރޭ ބޭއްވި އަހާފޯރަމްގެ 6 ވަނަ ސެޝަންގައި ވާހަކަދައްކަވަމުންނެވެ.

ހައުސިންގ މިނިސްޓަރ މުއްތަލިބް ވިދާޅުވީ ގިރާވަރު ފަޅާއި ހުޅުމާލެ ހިއްކުމުގެ އެއްބަސްވުމުގެ ކޮންޓްރެކްޓަރު ކަމަށްވާ ސްރީ ލަންކާގެ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން (ސީއެމްސީސީ) އިން އެ މަސައްކަތް މިހާރު ކުރިއަށް ނުގެންދާ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ކުރީ ސަރުކާރުން އެ ޕްރޮޖެކްޓްގެ އެޑްވާންސްގެ ގޮތުގައި ކޮންޓްރެކްޓަރަށް ދެ ފަހަރެއްގެ މަތިން 308 މިލިއަން ރުފިޔާ ދީފައިވާ ކަމަށާއި މި ސަރުކާރުންވެސް އިތުރު 15 މިލިއަން ޑޮލަރު އެ ކުންފުންޏަށް ދީފައިވާ ކަމަށެވެ.

ނަމަވެސް އެ މަޝްރޫޢު ކުރިއަށް ނުދާކަން މިނިސްޓަރު ވަނީ ފާހަަގަކުރައްވާފައެވެ.

މިގޮތުން އެ ކުންފުނިން ހިއްކާފައި ވަނީ 20 މިލިއަން ޑޮލަރަށް ވާ ވަރަށް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އެހެންކަމުން އެ ދެ ޕްރޮޖެކްޓްގެ އެއްބަސްވުން ބާތިލުކުރުމަށްޓަކައި އެޓާނީޖެނެރަލްގެ އޮފީހާއެކު މަސައްކަތްކުރަމުން އަންނަ ކަމަށް ހައުސިންގ މިނިސްޓަރ ޑރ އަބްދުﷲ މުއްތަލިބް ވަނީ ވިދާޅުވެފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް