ކޯޓު އަމުރަކަށް ހައްޔަރުކުރަން އުޅުނު މީހަކަށް އަނިޔާވެ ހޮސްޕިޓަލުގައި ފަރުވާދެނީ

ހައްޔަރުކުރަން އުޅުމުގެ ތެރޭގައި އަނިޔާވި މީހަކަށް އައިޖީއެމްއެޗްގައި ދަރުވާދެމުން އަންނަކަމަށް ފުލުހުން ބުނެފިއެވެ. މީޑިއާތަކަށް މައުލޫމާތުދެއްވަމުން ފުލުހުންގެ ތަރުޖަމާނު އަހްމަދު ޝިފާން ވިދާޅުވީ ޑް...

15 Jul 2024 | 15:29

ހައްޔަރުކުރަން އުޅުމުގެ ތެރޭގައި އަނިޔާވި މީހަކަށް އައިޖީއެމްއެޗްގައި ދަރުވާދެމުން އަންނަކަމަށް ފުލުހުން ބުނެފިއެވެ.

މީޑިއާތަކަށް މައުލޫމާތުދެއްވަމުން ފުލުހުންގެ ތަރުޖަމާނު އަހްމަދު ޝިފާން ވިދާޅުވީ ޑްރަގް ކޯޓްގެ އަމުރެއްގެ ދަށުން އެކޯޓަށް 16 ޖުލައިގެ 1 ޖަހާއިރަށް ހާޒިރުކުރުމަށް، ފުލުހުންގެ ބެލުމުގެދަށަށް ގެނައުމުގެ ތެރޭގައި 38 އަހަރުގެ ފިރިހެނަކަށް އަނިޔާވެ އައިޖީއެމެއެޗުގައި މިވަގުތު ދަނީ ފަރުވާދެމުން ކަމަށެވެ.

ޝިފާން އިތުރަށް ވިދާޅުވީ މިހާދިސާ ގައި ފުލުހުން ޢަމަލުކުރިގޮތާއި މެދު އާއިލާގެ ސީރިއަސް ކަންބޮޑުވުންތަކެއް ހުރިކަމަށް ފުލުހުންނާއި އާއިލާއިން ހިއްސާކޮށްފައިވާތީ އެކަން ބެލުމަށް، ފުލުހުންގެ ޕްރޮފެޝަނަލް ސްޓެންޑަރޑްސް ކޮމާންޑް، ނެޝަނަލް އިންޓެގްރިޓީ ކޮމިޝަން އަދި ހިއުމަން ރައިޓްސް ކޮމިޝަންގައި އެދިފައިވާނެކަމަށެވެ.

އެމީހާއަށް ލިބިފައިވާ އަނިޔާގެ ތަފްސީލް އަދި ވަނީ ލިބޭގޮތް ނުވެފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް